މިނިސްޓަރު ކޫއްޑޫއަށް ވަޑައިގެންނެވީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ކުރުކޮށް ލެއްވުމަށް ފަހު އެވެ. މިއަދު ހެނދުނުން ފެށިގެން ކޫއްޑޫ ގައި މަސްވެރީން ދަނީ އިހްތިޖާޖު ކުރަމުންނެވެ.
މަސްވެރީންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވަލާ ކޫއްޑޫ ގައި މަސްވެރިން އިހުތިޖާޖު ފެށުމުން އެ ރަށަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަޑައިގެން މަސްވެރީންނާއި ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ކޫއްޑޫއަށް ވަޑައިގެންނެވީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ކުރުކޮށް ލެއްވުމަށް ފަހު އެވެ. މިއަދު ހެނދުނުން ފެށިގެން ކޫއްޑޫ ގައި މަސްވެރީން ދަނީ އިހްތިޖާޖު ކުރަމުންނެވެ. ސިޔާސީ ވިސްނުން ތަފާތު ބައެއް މަސްވެރީން ގެންދިޔައީ ވަރަށް ބޮޑަށް ރައީސް މުއިއްޒާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އެ ވީޑިއޯތަކާއި ފޮޓޯތައް ވައިރަލްކޮށްފައެވެ.
މިނިސްޓަރު ވަނީ ކޫއްޑޫއަށް ވަޑައިގެން ހާލަތު އޮތްގޮތް ވިދާޅުވެ ދެއްވާފައެވެ. ކޫއްޑޫ ގައި ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އަދި އެކަމެއް ހައްލު ކުރުމަށް އެންމެ ބާރަށް މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުން ކަމަށް ވިދާޅުވި އެވެ.
ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ 250 މިލިއަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިއަން ރުފިޔާ ކަމަށެވެ.
އަދި އެ ބެކްލޮގު އެއްކޮށް މާޗު މަހުގެ ފަސް ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އެއާއެކު އިހްތިޖާޖުގެ ބައިވެރީން ވަނީ އަތްތިލަ ބަޑިއެއް ޖަހާފައެވެ. ބައްދަލްވުން ކުރިއަށް ދިޔައީ ވަރަށް އަމާން ކަމާއި އެކުވެރި މާހައުލެއް ގައެވެ.
މަސްވެރީން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ސީދާ މިނިސްޓަރަށް ހުށައަޅާފައެވެ. މަސްވެރީންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާ އެ ވާހަކަތަކަށް މިނިސްޓަރު ޖަވާބު ވެސް ދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކިރުވި މަހަށްވާ 26 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމު މި ހަފްތާގައި ހަމަޖައްސާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާ އެކަން އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
"މަސްވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން. ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން އެބަ ދަތުރު ކުރަން. މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރާނީ އަޅުގަނޑުމެން،" މިނިސްޓަރު ވިދާޅުވި އެވެ.