ދިވެހި ފަންނުވެރިންގެ ހަރަކާތެއް މިއަހަރު މެލޭޝިޔާގައި ބާއްވާނެ: ސަޢީދު

ކްރިއޭޓާ ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދިނެވެ.

ކްރިއޭޓާސް ކޮންފްލުއެންސްގައި މިނިސްޓަރު ސައީދު (ވ) ގައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އިސްތިހާރުކޮށް މާކެޓް ކުރަން މަގު ފަހި ކޮށްދޭން މި އަހަރު މެލޭޝިޔާގައި ހާއްސަ ޙަރަކާތެއް ބާއްވަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވި ކްރިއޭޓާސް ކޮންފްލުއެންސްގެ ފަހު ސެޝަންގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެކަމަކީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަގުވާމީ މާކެޓުން ޖާގަ ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ކުރާނެ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ފަންނުވެރިންނަށް ހާއްސަ އެކްސްޕޯއެއް މިއަހަރުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެއި ފަންނުވެރިންގެ ހުނަރާއި މަސައްކަތްތެރިކަން ވާދަވެރި މާހައުލެއްގައި ދައްކާލެވޭނެ އެކްސްޕޯއަކަށް ވާނެ ކަމަށާއި އެފަދަ އިތުރު އެކްސްޕޯތައް ވެސް ބާއްވާނެ ކަމަށެވެ.

ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި ހިމަނުއްވާފައިވާ ކަންކަމުގެ ތެރޭގައި ފަންނުވެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފަހި ފުރުސަތު ހޯދައި ދިނުން ހިމެނެ އެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ކުރާ ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ މަގު ފަހި ކޮށްދިމާއި، ފަންނުވެރިންނަށް ހަރަކާތްތެރި ވެވޭނެ ފަހި ވެއްޓެއް ގާއިމް ކޮށްދިނުން ހިމެނެއެވެ.

ބީސީސީގެ ކްރިއޭޓާސް ކޮންފުލުއެންސަކީ، ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާ ކުރަން ފެށި މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ގާއިމުކުރަން މަސައްކަތް ކުރާ "ކްރިއޭޓާ ހަބް"ގައި ގާއިމްކުރާ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރާ ވަސީލަތްތަކަކަށް ހަދަން ބޭއްވި ބައްދަލުވުމެކެވެ.

އިއްޔެ ހެނދުނު 10:00 ޖެހި އިރު މާލޭގެ ނޭޝަނަލް އާޓް ގެލެރީގައި ފެށި ކޮންފުލުއެންސް ނިންމާލި ރޭ 10:00 ޖެހި އިރު އެވެ.

މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.