ސްޓެލްކޯ އަރާ ދުވާފަރު އަލުން ދިއްލައިދީފި

ދުވާފަރަކީ ސްޓެލްކޯއިން ކަރަންޓުދޭ ރަށެއް ނޫނެވެ. ނަމަވެސް އެ ކުންފުނިން ވަނީ ކަރަންޓި ދިނުމުގައި އެހީތެރިކަން ދީފަ އެވެ.

ރ. ދުވާފަރު

ރ. ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރަން ސްޓެލްކޯގެ ހާއްސަ ޓީމަކުން އެރަށަށް އަރައި އަލުން ކަރަންޓު ދީފަ އެވެ. 

ދުވާފަރުގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވަނީ އެ ރަށުގެ ކަރަންޓު ކޭބްލަތަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލަ ހައްލު ކުރަން ސައްކަތް ކުރި އެވެ. ނަމަވެސް ލަސްވަމުން ދަނިކޮށް ސްޓެލްކޯގެ މުވައްޒަފުންގެ ޓީމަކުން ވަނީ މި މައްސަލަ ހައްލުކޮށްދީފަ އެވެ. 

ކަރަންޓުގެ ކަންކަމުގައި އެންމެ ތަޖުރިބާކާރުން ގިނަ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓުދެވިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވަން. ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ހިދުމަތުގައި،" ފަހުމީ ވިދާޅުވި އެވެ. 

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިޒާތުގެ ގިނަ މައްސަލަތަކެއްގެ ހައްލު ގެނެސްދޭން އެހީތެރިކަން ދީފަ އެވެ. 

ކޮމެންޓް

1
450
ބީފާނު
7 months ago

ފެނަކަ އުވާލާ ސްޓެލްކޯ އަށް ހަވާލުކުރިއްޔާ މާ ރަނގަޅުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.