ކްރިއޭޓާ ހަބް އިމާރާތް ކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ. މި އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފަ އެވެ.
މިއީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް / ފަންނުވެރި އިގްތިސޯދެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ގާއިމު ކުރަން މަސައްކަތް ކުރާ "ކްރިއޭޓާ ހަބް" ގައި ގާއިމްކުރާ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރާ ވަސީލަތްތަކަކަށް ހަދަން އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީން ބާއްވާ ބައްދަލުވުމެކެވެ.
ކޮންފުލުއެންސް ފެށީ މިއަދު ހެނދުނު 10:00 ޖެހި އިރު އެވެ. މާލޭގެ ނޭޝަނަލް އާޓް ގެލެރީގައި މި ކޮންފުލުއެންސް މިރޭ 10:00 އާ ހަމައަށް ފަންނުވެރިކަމުގެ ދާއިރާތަކުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާނެ އެވެ. ކޮންފުލުއެންސްގައި އެކި ދާއިރާތަކުން ހަރަކާތްތެރިވާ ޒުވާނުންނާއި ތަޖްރިބާކާރުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދޭނެ އެވެ.
ބީސީސީން. ބުނީ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސް ތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމަށެވެ.
"ކްރިއޭޓާ ހަބް" އަކީ ރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާ ކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ބުރިއަށް އަޅާ ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ.
ކްރިއޭޓާ ހަބް އިމާރާތް ކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ. މި އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފަ އެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ގާއިމު ކުރުމަށް ނިންމާފައިވާ ކްރިއޭޓާ ހަބް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.