"ސަރުކާރަކީ މިހާރު އެންމެ ބޮޑު ރިއަލްއެސްޓޭޓް ކުންފުނި"

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބިން ދެނީ މީހުނަށެވެ. މީހުން ރިޕޭމަންޓް ހަދަނީ ސަރުކާރަށެވެ. މިކަން ކުރީމަ ދިމާވާ މައްސަލަަކެއް ވެސް ހުރެ އެވެ. 30 ޕަސެންޓާއި 40 ޕަސެންޓުގެ މީހުން ފައިސާ ނުދެއްކުމުގެ މައްސަލައެއް ކުރިމަތިވެ އެވެ.

މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުން މަޖިލީހުގައި ޖަވާބު ދެއްވަނީ -- މަޖިލީހުގެ ފޮޓޯއެއް

ސަރުކާރަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ރިއަލްއެސްޓޭޓް ޑިވެލޮޕާ ނުވަތަ ރިއަލްއެސްޓޭޓް ކުންފުނި ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރަކު ސުވާލު ކުރައްވަން ބޭނުންފުޅު ވެގެން މިއަދު ހާޒިރު ކުރުމުން އިތުރު ސުވާލުގެ ވަގުތުގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރޭގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރަކީ އެންމެ ބޮޑު ރިއަލްއެސްޓޭޓް ޑިވެލޮޕާ ކަމަށާ މި ކަމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުން ބިން ދެނީ މީހުނަށް. މީހުން ރިޕޭމަންޓް ހަދަނީ ސަރުކާރަށް. މިކަން ކުރީމަ ދިމާވާ މައްސަލަަތަކެއް ވެސް ހުރޭ. 30 ޕަސެންޓާއި 40 ޕަސެންޓުގެ މީހުން ޑިފޯލްޓް [ލާރި ނުދެއްކުމުގެ މައްސަލަ] ކުރިމަތިވޭ. ދައްކަންވާ ލާރި ހަމައަކަށް ނުދައްކާ. ލޯނެއް ނެގީމަ އެޗްޑީއެފްސީގެ ނޯމަލް ލޯނުގެ ޑިފޯލްޓަކީ މަދުވެގެން އެއް ޕަަސެންޓް. ބޭންކް އޮފް މޯލްޑިވްސްގެ ދެ ޕަސެންޓް. ސަރުކާރަށް ދައްކަންވީމަ ޑިފޯލްޓް ރޭޓަކީ 40 ޕަސެންޓް. ސަސްޓެއިން ކުރެވިދާނެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 200 ގެ އަޅައިގެން ސަސްޓެއިން ކުރެވިދާނެ ކަމަށާ، ނަމަވެސް 1،000 ގެ އަޅައިގެން ސަސްޓެއިން ކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މިއީ މިކަމާ ދޭތެރޭގައި، މެނޭޖް ކުރާނެ ގޮތެއް. މި މީހުންނަށް އޮތީ ރެންޓް އޮން މޮޑެލް އަކަށް. ލާރި ދައްކާލަ ދައްކާލަ 20 އަހަރު ތިބެން ޖެހެނީ. އެހެންވެ އަޅުގަނޑު މަސައްކަތް އެބަ ކުރަން ވޯލްޑް ބޭންކްއާއެކު ޓައިޓަލް އޯނަޝިޕް ފޯކްލޯޒާ. މި ކަންކަމާ ގުޅޭ ގޮތުން ސަސްޓެއިން ގޮތަކަށް ރާވަން މަސައްކަތް ކުރަމުން ގެންދަނީ، ކެބިނެޓާއެކު ވެސް މަޝްވަރާ ކޮށްފިން،" އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ރިއެލްއެސްޓްގެ ގިނަ މަަޝްރޫއުތަކެއް ކުރިއަށް ގެންދެ އެވެ. މިހާރު އެންމެ ގިނަ މިފަދަ މަޝްރޫއުތައް ހިންގާ އެއް ރަށަކީ ހުޅުމާލެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.