ރާއްޖެ އައިއެމްއެފްގެ ޕްރޮގްރާމްގަައި ބައިވެރިވާކަށް ނުޖެހޭ: ސައީދު

"ރާއްޖެ ވަކި ޕްރޮގްރާމެއް ގައި ބައިވެރިވާކަށް ނުޖެހޭ. އިގްތިސާދީ ހާލަތު އައްނަނީ ކުރީން ލަފާ ކުރިވަރަށް ވުރެން ވެސް ބާރަށް ރަނގަޅުވަމުން،"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މާލީ ހާލަތު މި އަހަރު ރަނގަޅު ވާނެ ކަމަށް ވިދާޅުވި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރަގްރާމް ގައި ރާއްޖެ އިން ބައިވެރިވާން ނުޖެހޭ ކަމަަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަަށް ގޯސްވެ ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޗް ނަގާ އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަދެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައެވެ.

އެ ވާހަކަތައް މިނިސްޓަރު ސިފަ ކުރެއްވީ ‏ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު ކުރާ މަސައްކަތެއްގެ ގޮތުގައެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ މީހުން އެ މަސައްކަތް ކުރަނީ އިންތިޒާރު ކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސް ވެގެންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ވަކި ޕްރޮގްރާމެއް ގައި ބައިވެރިވާކަށް ނުޖެހޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އައްނަނީ ކުރީން ލަފާ ކުރިވަރަށް ވުރެން ވެސް ބާރަށް ރަނގަޅުވަމުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ ވަކި ޕްރޮގްރާމެއް ގައި ބައިވެރިވާކަށް ނުޖެހޭ. އިގްތިސާދީ ހާލަތު އައްނަނީ ކުރީން ލަފާ ކުރިވަރަށް ވުރެން ވެސް ބާރަށް ރަނގަޅުވަމުން،" ސައީދު ވިދާޅުވި އެވެ.

މީގެ ކުރީން މިނިސްޓަރު ސައީދު ވަނީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތީ ނުރައްކާތެރި މާލީ ހާލަތަކަށް ކަމަށް ވިދާޅުވެ އެ ހާލަތުން ސަލާމަތް ކޮށް ދަރަނި ދައްކާ ސަރުކާރުން ނުދައްކާ ހުރި ބިލްތައް ދައްކަމުންދާ ކަަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މި އަހަރު ދިވެހި އިގްތިސާދު 5.5 ޕަސެންޓްގެ ކުރިއެރުމެއް ހޯދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ލޯނު ދެއްކުމުގެ ގާބިލްކަން އުފައްދަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވްރިން ވެލްތް ފަންޑަށް އަލުން ޑޮލަރުން އާމްދަނީ ޖަމާކުރަން ސަރުކާރުން ފަށާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން ސަލާމަތްކޮށް ދަރަނި އަދި ނުދައްކާ ހުރި ބިލްތައް ދަނީ ދައްކަމުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.