ފުރިހަމަ ބަދަލުތަކެއް ގެނެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބުސައިޓް އަލުން ހުޅުވާލައިފި

ވެބްސައިޓަށް ގެނެވުނު އެންމެ ހާއްސަ އެއް ބަދަލަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އުތީމު ގަނޑުވަރު އަދި ހުކުރު މިސްކިތު މުންނާރު ފަދަ ތަންތަން ތުރީޑީކޮށް ބަލައިލެވުމެވެ.

މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބުސައިޓު އާކުރުމަށް ފަހު އަލުން ހުޅުވާލައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބުސައިޓަށް ވަނީ ފުރިހަމަ މުހިންމު ބަދަލުތަކެއް ގެނެސް ފައެވެ. އެ ގޮތުން ރާއްޖޭގެ މާއްދީތަރިކައާއި މާނާވީ ތަރިކައާ ބެހޭ މައުލޫމާތާއި މުހިންމު ބައެއް އޯޑިއޯ އާއި ވީޑިއޯތައް ހިމެނެ އެވެ.

އެގޮތުން އުސްތާޒު މުހައްމަދު ޖަމީލުގެ އަޑުފުޅުން ރެކޯޑުކުރެވިފައިވާ ކީރިތި ގުރްއާނުގެ ތަރުޖަމާ އާއި ހާޖަރާގޭ މުހައްމަދު ތަައުފީގުގެ އަޑުން ރެކޯޑުކުރެވިފައިވާ ކީރިތި ރަަސޫލާގެ ސިޔަރަތު ހިމެނެ އެވެ.

އަދި މަޝްހޫރު ނައިފަރު ދޮހޮއްކޮ އާއި ރަތް ނިޒާރުގެ އަޑުން، ދިވެހި ރައިވަރުގެ އަސްލު އަޑުން ރައިވަރު އަޑު އަހާލެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ދިވެހީން ކުރީން އަޑު އަހައި އުޅުނު ބައެއް ވާހަކަވެސް ހިމެނެ އެވެ.

ވެބްސައިޓަށް ގެނެވުނު އެންމެ ހާއްސަ އެއް ބަދަލަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އުތީމު ގަނޑުވަރު އަދި ހުކުރު މިސްކިތު މުންނާރު ފަދަ ތަންތަން ތުރީޑީކޮށް ބަލައިލެވުމެވެ. 

މީގެ އިތުރުން ވުޒާރާގެ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭނެ އެވެ. އެ މިނިސްޓްރީން ބުނީ ވެބްސައިޓް އިތުރަށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.