ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުޅުވާލައިފި

ބާ ކައުންސިލުން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ބާ ކައުންސިލުގެ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، 17 މާޗް ވާ އާދިއްތަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ ކުރީގެ ރައީސް އިސްމާއީލް ވިޝާމް މަޖިލީހުގެ ކޮމެޓީއެއްގައި އެ ކައުންސިލްގެ ބައެއް މެންބަރުންނާއެކު: ވިޝާމް އަވަހާރަވުމުން ކައުންސިލްގެ ރައީސްގެ މަގާމަށް ވަނީ ހުޅުވާލާފައި މިހާރުގެ ފޮޓޯއެއް

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުޅުވާލައިފި އެވެ. އެ މަގާމަށް ހުޅުވާލީ ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ބާ ކައުންސިލުގެ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، 17 މާޗް ވާ އާދިއްތަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ބާ ކައުންސިލްގެ ރައީސްގެ ޝަރުތަކީ؛

  •  ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން
  •  ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން
  •  ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ ބާ ކައުންސިލަށެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.