ހުޅުމާލޭގައި ގުރުއާނާބެހޭ މަރުކަޒު ހިންގަން ކޮމާޝަލް ޔުނިޓެއް ދީފި

ގުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލު ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

ގުރުއާނާ ބެހޭ މަރުކަޒަށް ހުޅުމާލޭން ކޮމާޝަލް ޔުނިޓެއް ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކުރަނި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގަން ކޮމާޝަލް ޔުނިޓެއް ދޭން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. 

ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރަން އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކުރީ އެޗްޑީސީގެ ސީއެސްއާރްގެ ދަށުން ކުލި ނުނަގާ ގޮތަށެވެ.

އެ މަރުކަޒާއެކު އެޗްޑީސީން ހެދި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި މި ކޯޕަރޭޝަނުގެ ސީއެފްއޯ އަހްމަދު ޝާމެވެ. ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލާއި އިމާމް އަބްދުﷲ ރަޝީދެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް މިއަދު ދޫކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލު ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. 

އަދި މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރު ކޮށްދޭނެ އެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދަން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.