"ރިވެލި" ކާނިވާ މިއަދު ހުޅުމާލޭގައި ފަށަނީ

ކާނިވާ އޮންނާނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައު މިއަދާއި މާދަމާ އެވެ. ކާނިވަލުގެ ހަރަކާތްތައް ހަވީރު އަދި ރޭގަނޑުގެ ކުރިއަށް ގެންދާނެ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކް

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރާއި ފަންނު ދައްކާލަން "ރިވެލި" ކާނިވާ މިއަދު ކުރިޔަށް ދާނެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އަހަރުގެ ރިވެލި ކާނިވަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް އާއިލީ ވެއްޓެއްގައި މުނިފޫހިފިލިވުމުގެ ހަރަކާތްތައް ހިމެނޭހެން ފުރުސަތުތަކާއި އެފަރާތްތަކަށް ބޭނުންވާ އެކި މައުލޫމާތު ފޯރުކޮށްދޭނެ ކާނިވަލެކެވެ.

ކާނިވާ އޮންނާނީ އެޗްޑީސީއާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައު މިއަދާއި މާދަމާ އެވެ. ކާނިވަލުގެ ހަރަކާތްތައް ހަވީރު އަދި ރޭގަނޑުގެ ކުރިއަށް ގެންދާނެ އެވެ. ކާނިވަލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖް ހަރަކާތްތަކާއި މަސައްކަތްތެރިކަން ދައްކާލުމާއި ކުޅިވަރުތަކާއި، މައުލޫމާތު ދިނުން ހިމެނެއެވެ.

މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަގްސަދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުމެވެ. އަދި މިފަދަ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނން ހިމެނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.