ކުރުސީ އާއި ދިޔަވަރު ވެބްސައިޓް މީގެ ކުރިން ވެސް ސަރުކާރުން ބްލޮކް ކޮށްފައިވެ އެވެ. ނަމަވެސް ފާޑުކިޔުންތަކާއެކު އެ ދެ ނޫސް ފަހުން އަންބްލޮކް ކުރީ އެވެ.
ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ވެބްސައިޓަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިިފި އެވެ.
ފިޔަވަޅު އަޅަން ނިންމާފައި ވަނީ "ކުރުސި.ކޮމް" އާއި "ދިޔަވަރު.ކޮމް" އާއި "ދޮންއަމާ.ކޮމް" ނަމުގައި ހިންގާ ތިން ވެބްސައިޓަކަށެވެ.
އެމްއެމްސީން ބަޔާނެއް ނެރުމަށްފަހު ބުނީ އެ ތިން ވެބްސައިޓުން ގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ އެ ކައުންސިލަށް ލިބޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި ތިން ވެބްސައިޓްގެ ޝަކުވާ ހުށަހެޅީ ރައީސް އޮފީހުންނެވެ.
އެމްއެމްސީން ބުނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ބާރު އަޅާ ކަމަށާއި
ނަމަވެސް ހަގީގަތް ނުބަލައި އަދި ގުޅޭ ފަރާތްތަކުން މައުލޫމާތު ނުހޯދާ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން ނޭދެވޭ އަސަރު މުޖްތަމައަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ހަގީގަތް ސާފު ނުވާ ކަމަށެވެ.
އަދި ބުނީ އެ ތިން ވެބްސައިޓްތަކާ ގުޅޭ ގޮތުން ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ކަމަށެވެ.
ކުރުސީ އާއި ދިޔަވަރު ވެބްސައިޓް މީގެ ކުރިން ވެސް ސަރުކާރުން ބްލޮކްކޮށްފައިވެ އެވެ. ނަމަވެސް ފާޑުކިޔުންތަކާއެކު އެ ދެ ނޫސް ފަހުން އަންބްލޮކް ކުރީ އެވެ.
ހަހަހަހަ އަނެއްކާވެސް ކެތްނުވީތޯ ސަރުކާރަށް