ޝަހީދުންގެ ދުވަހެއް ފާހަގަ ކުރަނީ ގައުމުގެ ދެމި އޮތުމަށްޓަކައި: މިނިސްޓަރު ނަސީރު

"ޝަހީދުން ދުވަހެއް އަޅުގަނޑުމެން ފާހަގަ ކުރަނީ -- ގައުމެއްގެ ނިސްބަތު ގައި ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ މި ބާވަތުގެ ދުވަސްތައް ފާހަގަ ކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި. އޭގެ ތެރެއިން އެންމެ ކުރުކޮށް ދަންނަވާނަމަ އެ ގައުމެއްގެ ދެމި އޮތުމަށްޓަކައި"

މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ޝަހީދުންގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ގައުމެއް ސަލާމަތާއި ރައްކާތެރި ކަމުގައި ދެމި އޮތުމަށްޓަކައި ކަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ޝަހީދުން.ގެ ދުވަހެއް ފާހަގަ ކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި ކަމަށެވެ. އެފަދަ ގައުމީ މުނާސަބަތުތައް ކޮންމެ ގައުމެއް ގައި ވެސް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮންނަނީ އެ ގައުމަށް ކުރިމަތިވި ދެރަ / ނިކަމެތި ކަންކަން ހަނދާންކޮށް އެ ކަންކަމުން އަރައިގަތް ގޮތް އަންނަން އޮތް ޖީލުތަކަށް ގެނެސް ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޝަހީދުން ދުވަހެއް އަޅުގަނޑުމެން ފާހަގަ ކުރަނީ -- ގައުމެއްގެ ނިސްބަތު ގައި ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ މި ބާވަތުގެ ދުވަސްތައް ފާހަގަ ކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި. އޭގެ ތެރެއިން އެންމެ ކުރުކޮށް ދަންނަވާނަމަ އެ ގައުމެއްގެ ދެމި އޮތުމަށްޓަކައި. އެ ގައުމެއްގެ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި. އެ ގައުމެއް ދެމި އޮތުން ކަށަވަރު ކުރުމަށްޓަކާ،"

މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމުގައި ޝަހީދުންގެ ދުވަހެއް ފާހަގަ ކުރަނީ ރާއްޖެ ސަލާމަތުން އޮންނަން ބޭނުން އަޅުގަނޑުމެން ބޭނުންވާތީ ކަމަށެވެ. އަދި އެއީ މާދަމާއާ އަންނަން އޮތް ދުވަސްތަކުގައި ވެސް ރާއްޖެ ސަލާމަތުން ބާއްވަން ބޭނުންވާތީ ފާހަގަ ކުރާ ދުވަހެއް ކަމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖެއާއި ދިވެހީންނާއި ދިވެހީންގެ ދީނާއި މިނިވަންކަމުގެ ދިފާއު ގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އައްސުލްތާނު އަލީ (6 ވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން އަލީ ރަސްގެފާނު ޝަހީދުވި ދުވަހުގެ ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ. އެ ހާދިސާ ހިނގިތާ އަހަރުތަކެއް ފަހުން ހިޖުރީ ގޮތުން 1400 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ނަމުގައި، ދިވެހި ސަރުކާރުން ރަސްމީކޮށް މި ދުވަސް ގެންދަނީ ފާހަގަ ކުރަމުންނެވެ.

މި އަހަރު ފާހަގަ މ،ި ކުރަނީ އެ ތާރީހުން ބަލާނަމަ، 46 ވަނަ ޝަހީދުންގެ ދުވަހެވެ. ހާދިސާ ހިނގި ތާރީހަށް ބަލާނަމަ، 480 ވަނަ ޝަހީދުންގެ ދުވަހެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.