ސަރުކާރުން ރާއްޖޭގެ އަތޮޅުތަކަށް ޓިވެޓް ޕްރޮގްރާމެއް ފެތުރުމަށް ރާވާ ގޮތާއި ބެހޭ ގޮތުން އެސެސް ސަމިޓުގައި ވާހަކަ ދައްކަވާފައި މިނިސްޓަރު ވަނީ ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
ގައުމުތައް ތަހުޒީބު ވުމާއެކު ކުރިއަރައި ދަނީ ތައުލީމަށް އިސްކަންދޭ މިންވަރަކުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އޭޝިއަން އޮން އެޑިއުކޭޝަން ސްކިލްސް (އެސެސް) ގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ވިދާޅުވީ ދޭ ތައުލީމަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ގުޅުންހުރި ތަޖުރިބާތަކަށް ހެދުން ވަރަށް މުހިއްމު ކަމަށާއި 21 ވަނަ ގަރުނުގެ ހުނަރުތަކަށް ސަމާލުކަން ދިނުމާއި ބަނަވަމުންދާ ދުނިޔޭގައި އެ ހުނަރުތައް ތަރައްގީ ކުރުން އަދި މުހިއްމު ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ އަތޮޅުތަކަށް ޓިވެޓް ޕްރޮގްރާމެއް ފެތުރުމަށް ރާވާ ގޮތާއި ބެހޭ ގޮތުން އެސެސް ސަމިޓުގައި ވާހަކަ ދައްކަވާފައި މިނިސްޓަރު ވަނީ ކޮވިޑްގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީ ހިމެނެ އެވެ.
މިނިސްޓަރު އިބްރާހިމް ހަސަން ބައިވެރި ވެ ވަޑައިގެންނެވި އެސެސް ސަމިޓް މިއަދުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.