މަޖިލީސް އިންތިހާބަށް ޖޭޕީގެ ޓިކެޓަށް ހުޅުވާލުމުން 25 މީހަކު ވަނީ ކުރިމަތިލާ ފައެވެ. އެ ޕާޓީގެ ޓިކެޓް ދޭނެ މެންބަރުން ކަނޑައެޅީ އެކަމަށް ހާއްސަ ކޮމެޓީ އަކުންނެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި ވާދަ ކުރުމުގެ ފުރުސަތު 11 ބޭފުޅަކަށް ދީފި އެވެ.
މަޖިލީސް ވިހީ ގައި ޖުމްލަ 93 ދާއިރާ އަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މަޖިލީސް އިންތިހާބަށް ޖޭޕީގެ ޓިކެޓަށް ހުޅުވާލުމުން 25 މީހަކު ވަނީ ކުރިމަތިލާ ފައެވެ. އެ ޕާޓީގެ ޓިކެޓް ދޭނެ މެންބަރުން ކަނޑައެޅީ އެކަމަށް ހާއްސަ ކޮމެޓީ އަކުންނެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބުނީ އެ ޕާޓީގެ ޓިކެޓް ގައި މަޖިލީސް އިންތިހާބަށް 11 ކެންޑިޑޭޓަކު ނިކުންނާނެ ކަމަށެވެ. އެއީ؛
މި ބޭފުުޅުންގެ ތެރެއިން ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޑރ. އަމީނާއި އަބްދުﷲ އަމީން އަަދި އަޒްލީން މަޖިލީހަށް ވާދަ ކުރައްވާ މިއީ ފުރަތަމަ ފަަހަރެވެ. ނަހުލާ އަކީ ނިމިދިޔަ ސަރުކާރު ގައި ޓްރާސްޕޯޓް މިނިސްޓަރެވެ. ޑރ. އަމީނަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރެވެ. މިދިޔަ ރިޔާސީ އިންތިހާބު ގައި ގާސިމްގެ ރަނިންމޭޓް ވެސް މެ އެވެ.
އަބްދުﷲ އަމީން ވަނީ ރައީސް ޔާމީންގެ ސަރުކާރު ގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރައްވާފައެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ހެލްތް މިނިސްޓަރު ކަން ފުރަތަމަ ކުރެއްވީ ވެސް އަމީނެވެ. މިހާރު ހުންނެވީ ގާސިމްގެ އިސް އެޑްވައިޒަރަކަށެވެ.
އަޒްލީން ވަނީ ރައީސް ޔާމީންގެ ސަރުކާރު ގައި ހޯމް މިނިސްޓަރު ކަން ކުރައްވާފައެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެެ ސެކްރެޓަރީ ޖެނެރަލް ވެސް މެ އެވެ.
ރިޔާޒް ރަޝީދާއި އަބްދުﷲ އަހްމަދު އަދި ހުސައިން ޝަހުދީ ވަނީ 18 ވަނަ މަޖިލީހުގައި މެންބަރު ކަން ކުރައްވާފައެވެ. އެންމެ ފަހުން އޮތް 19 ވަނަ މަޖިލީހު ގައި ވެސް މި ތިން ބޭފުޅުން ވާދަ ކުރެއްވި އެވެ. ނަމަވެސް އިންތިހާބުން ނާކާމިޔާބު ވީ އެވެ.