ދުބާއީ އިންވެސްޓް ފޯރަމް ސްޕޮންސާކުރީ ހަރިމް ކުންފުނިން

ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވީ އެންމެ އަގު ބޮޑު އެއް ހޮޓާ ކަމަށްވާ ބްރުޖްއަލް އަރަބްގަ އެވެ.

ދުބާއީން: މުހައްމަދު އަފްރާހު 

ދުބާއީގައި އިއްޔެ އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމް ސްޕޮންސާ ކޮށްފައި ވަނީ ހޮޓެލް އެންޑް ރިސޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ކުންފުނިންނެވެ. 

ދުބާއީގެ އެންމެ އަގުބޮޑު އެއް ހޮޓާ ކަމަށްވާ ބްރުޖްއަލް އަރަބްގައި 300 އެއްހާ މީހުނާއެކު އިއްޔެ ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ބެކްޑްރޮޕްގައި ލިޔެފައިވާ ގޮތުން ފޯރަމްގެ ސްޕޮންސަރަކީ ހަރިމް ކުންފުންޏެވެ. އެ ކުންފުންޏަކީ ޓޫރިޒަމް ވިޔަފާރިކުރާ ކުންފުންޏެކެވެ. 

އިކޮނޮމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު "މި" ނޫހަށް ވިދާޅުވި ގޮތުގައި ހަރިމް ކުންފުންޏަކީ މި އިވެންޓްގެ މުހިންމު އެހީތެރިއެކެވެ. 

"ވަރަށް މުހިންމު ޕާޓްނަރެއް އެ ކުންފުންޏަކީ،" އެ އޮފިޝަލް ވިދާޅުވި އެވެ. 

ނަމަވެސް އެ ކުންފުނިން މި ފޯރަމް ސްޕޮންސާކޮށްފައިވާ އަގެއް ނޭނގެ އެވެ. އެކަމަކު މި ހޮޓަލުގެ އަގުތައް ހުންނަ ގޮތަށް ބަލާއިރު މިވަރުގެ އިންވެންޓަކަށް ދިވެހި ރުފިޔާއިން ބަލާނަމަ އެތައް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.