ދުބާއީގެ ވެރިޔާ ޝައިހް ރާޝިދުއާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

ދިވެހިރާއްޖެ އާއި އެކުވެރި އަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ދުބާއީގެ ވެރިޔާ ޝައިހް ރާޝިދުއާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރު އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވާލްޑް ގަވާމަންޓްސް ސަމިޓް 2024 ގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމު ގައި ރައީސުލްޖުމްހޫރިއްޔާ އާއި ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާ އެއް ގައި މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ގޮތުން ދިވެހިރާއްޖެ އާއި އެކުވެރި އަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހި ކުރުން ހިމެނެ އެވެ.

ދުބާއީގެ ވެރިޔާ ޝައިހް ރާޝިދުއާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ

މީގެ އިތުރުން ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުން ދެ ބޭފުޅުން ނިންމަވައިލެއްވީ ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެ ގައުމުގެ ދެމެދު ގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުން ކަމަށް ވެސް ބުންްޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.