ރާއްޖެއަށް ބޮޑު ޝައުގެއް | ބްރުޖު އަލްއަރަބްގެ ހޯލް އޯވަބުކް

މި ފޯރަމްގައި 300 އެއްހާ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ. މި މީހުންގެ 50 ޕަސެންޓަކީ އިންވެސްޓަރުންނާއި މަހުޖަނުންނެވެ.

ރާއްޖޭގެ އިންވެސްޓް ފޯރަމް އޮންނަ ބްރުޖު އަލް އަރަބް

ދުބާއީން: މުހައްމަދު އަފްރާހު 

ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް ކިޔައި ދޭން ދުބާއީގައި އިންވެސްޓްމަންޓް ފޯރަމް ބާއްވަން ހުޅުވާލުމުން މަޝްހޫރު ބްރުޖު އަލް އަރަބް ބޮޑު ހޯލް އޯވަބުކް ވެއްޖެ އެވެ. 

ރާއްޖޭގެ އިންވެސްޓްމަންޓް ފޯމްގެ ބާއްވަނީ ދުނިޔޭގެ މިފަދަ އެންމެ ގިނަ ފޯރަމްތައް ބާއްވާ ދުބާއީގެ އައިކޮނިކް ބިލްޑިން ބުރުޖު އަލް އަރަބްގަ އެވެ. މި ފޯރަމް ފަށާނީ މިއަދު ހަވީރު އެވެ. 

އެ ތަނުގައި އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ އެންމެފަހުގެ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބެމުން އަންނަ ކަމަށާ، މިގޮތުން މި ފޯރަމް އޮންނަ ތަން ގާތްގަނޑަކަށް އޯވަބުކް ވެފައިވާ ކަމަށެވެ. 

"ވަރަށް ގިނަ ހުށަހެޅުންތައް އެބައާދެ. މި ހުރިހާ މީހުން ނުވެދާނެ އިންވެސްޓް ކުރާނެ ބަޔަކަށް... އެކަމަކު ރާއްޖޭގައި ހުރި ފުރުސަތުތައް ބަލަން ޝައުގުވެރިކަން ހުރިކަން މިއިން އެނގެނީ،" މިނިސްޓަރު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާތަނަށް ޗައިނާގައި ވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. މިނިސްޓަރު ސައީދު ވިދާޅުވީ އެ ފޯރަމްގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. 

"[ޗައިނާ] ދަތުރުފުޅަށް ފަހު އިތުރު އާ ތިން އެއާލައިންގެ ދަތުރުތައް މިވަނީ ފެށިފަ،" ސައީދު ވިދާޅުވި އެވެ.  "ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ޗައިނާ އިންވެސްޓް ފޯރަމްއާ ހިލާފަށް ގިނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކެއް ބައިވެރި ވާނެ." ސައީދު ވިދާޅުވި އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިއަދު ފަށާ ދުބާއީ އިންވެސްޓް ފޯރަމްގައި 280 އާއި 300 އާ ދެމެދުގެ އަދަދަކަށް ވިޔަފާރިވެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭން 50 ޕަސެންޓު މީހުންނަކީ މި ގައުމުގައި ތިބި ވިޔަފާރިވެރިންނެވެ. މީގެތެ ރޭގައި ޔޫއޭއީގެ ހަތް ސަހަރުގެ މަޝްހޫރު ކުންފުނިތައް ވެސް ހިމެނެ އެވެ.

ދުބާއީ - މޯލްޑިވްސް އިންވެސްޓް ފޯރަމް

  •  ފޯރަމް އޮންނާނީ ބުރުޖު އަލްއަރަބްގަ
  •  ފޯރަމްގައި 300 އެއްހާ މީހުން ބައިވެިރވޭ
  •  މަރުހަބާ ދެންނެވުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  •  ކީވޯޓް އެންޑްރެސް ރައިސް ޑރ. މުހައްމަދު މުއިއްޒު
  •  އަބޫދާބީ ފަންޑް ފޯ ޑިވްލޮޕްމަންޓުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަލްސައިފްގެ ވާހަކަފުޅު ދެއްކެވުން
  •  ޕްރިންސިޕަލް އެޑްވައިޒަރު ޓުދަ ޕްރެސިޑެންޑު މުހައްމަދު އަލީ ޖަނާހުގެ ވާހަކަފުޅު ދެއްކެވުން
އިންވެސްޓްމަންޓް ފޯރަމްތައް - ރާއްޖޭން ބޭރުގައި އިންވެސްޓްމަންޓް ފޯރަމްތައް މިހާތަނަށް އެންމެ ގިނައިން ބޭއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބެއްލެވުމުގެ ދަށުންނެވެ. މިގޮތުން ދުބާއީ އާއި ޗައިނާ އަދި އިންޑިއާ އަދި ސިންގަޕޫރުގައިވެސް ފޯރަމްތައް ބޭއްވި އެވެ. މި ފޯރަމްތަކުގެ ނަތީޖާ ފެނިގެން ގޮސްފައިވެ އެވެ. އެ ފަސް އަހަރު 50 ރިސޯޓު އަލަށް ހުޅުވިގެން ދިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.