ހަތަރު މަހުން ޑޮލަރު މައްސަަލަ ހައްލުކޮށް ދެވޭނެ: ސައީދު

މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލައިގެ ހައްލު ކުރިއަށް އޮތް ހަތަރު މަހެއްގެ ތެރޭ ފެނިގެންދާނެ އެވެ. މައްސަލަ ހައްލު ވާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ދުބާއީގައި މިއަދު ވާހަކަ ދައްކަވަނީ

ދުބާއީން: މުހައްމަދު އަފްރާހު 

ޑޮލަރުގެ ލިބުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭ ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ. 

ދުބާއީގައި މިއަދު ފަށާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ލޯނު ދައްކަން ފައިސާ ޖަމާ ކުރާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑުގައި ހުރި ފައިސާ ވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ކަމަށާ އެއާޕޯޓް މަޝްރޫއު ވެސް އޮތީ ނުނިމި ކަމަށެވެ. 

އަދި ދުނިޔެ ކްރައިސްގެ ތެރޭގައި އޮތްއިރު، ޑޮލަރުގެ ބޭނުން އިތުރު ވެގެން ދިޔައިރު މިހާރު އުޅޭ މައްސަލައަކީ ބްލެކް މާކެޓެއް އޮތުމުގެ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމަށެވެ. 

"މާކެޓުގައި ޑޮލަރު އުޅޭ. މިހާރު އުޅޭ އިޝޫއަކީ ބްލެކްމާކެޓަށް ޑެލިބަރޭޓްލީ ވިޔަފާރި ތަކެއް ޓައީ ވަމުންދާ މައްސަލަ. އެހެންވެ އެކަން އޯވަކަމް ކޮށްފަ އަޅުގަނޑުމެންނަށް އެ މައްސަލަ، ދެ ތިން ހަތަރު މަސްތެރޭގައި ޑޮލަރުގެ މައްސަލަ ހައްލު ވެގެންދާނެ،" ސައީދު ވިދާޅުވި އެވެ. 

ޑޮލަރުގެ މައްސަލަ - ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައިގެ އެންމެ ބޮޑު އެއް ސަބަބަކީ ރުފިޔާ ޗާޕު ކުރުން ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. މި މައްސަލައިގެ ސަބަބުން އިންފްލޭޝަން ވެސް ވަނީ މަތިވެފަ އެވެ. މިދިޔަ ފަސް އަހަރު އަށް ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްގެން ނެރެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.