އީވާގެ ގަރާރަށް ގޮތެއް ނިމެންދެން ވަޒީރުންނަށް ރުހުން ދޭ މައްސަލަ ތާވަލު ކުރުން ފަސްކުރަން ނިންމައިފި

މަޖިލީހުން ރުހުން ނުދިނުމުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާ ރުހުން ހޯއްދެވުމަށް ފޮނުއްވެވީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

މިނިސްޓަރު ހައިދަރު (ކ) މިނިސްޓަރު ޝަހީމް (މ) ބަންޑާރަ ނާއިބު އުޝާމް (ވ): މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުން --

ރައްޔިތުން މަޖިލީހުގެ ރުހުން ނުދޭ ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުމަށްފަހު އަލުން ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ފަސް ކުރަން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ތިން ވަޒީރުން އަލުން އައްޔަނު ކުރުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގަރާރެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ ރުހުން ނުދޭ ވަޒީރުންގެ ނަންތައް އަނބުރާ ގެންދިއުމަށެވެ. އެ ގަރާރުގެ މަސައްކަތް މިއަދު އެޖެންޑާކޮށް ދަނީ ބަހުސް ކުރަމުންނެވެ.

މަޖިލީހުން ރުހުން ނުދިނުމުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާ ރުހުން ހޯއްދެވުމަށް ފޮނުއްވެވީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. 

"އެހެންކަމުން އަޅުގަނޑު ގަސްދު ކުރަނީ މިދެންނެވި ގަރާރުގެ މަސައްކަތް ނިމި، މަޖިލީހުން ވަކި ގޮތެއް ކަނޑައަޅުއްވަންދެން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނުވާ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދަން ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސް ކުރުމަށް ކަމުގައި ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

ތިން ވަޒީރުންނަށް ރުހުން ދޭން ފޮނުވާފައިވާ މައްސަލަ ފަސް ކުރަން ނިންމި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ މީގެ ކުރިން މިފަދަ ކަމެއް ހިނގައިގެން ކަން ހިނގާފައިވާ ގޮތުންނެވެ. 

އަސްލަމް ވިދާޅުވީ 2010 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ މަގާމަށް ޑރ. އަހުމަދު ސަވާލު އައްޔަނު ކުރުމުން އޭރު އޮތް 17 ވަނަ މަޖިލީހުން ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ. ރުހުން ނުދޭން ނިންމުމުން ދެވަނަ ފަހަރަށް އެބޭފުޅާ އެ މަގާމަށް އައްޔަނު ކުރުމަށްފަހު އަލުން ރުހުން ހޯދަން ފޮނުވުމުން، ދެން ވެސް ރުހުން ނުދޭ ކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކޮށްފައިވާ ކަމަށެވެ.

އީވާގެ ގަރާރުގައި، ރައީސްގެ އެ ނިންމެވުމަކީ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލާ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގަތުމެއްގެ ގޮތުގައި ސިފަ ކުރައްވާ، އެއީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފު ނިންމުމެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.