ރައީސްގެ އިގްތިސާދީ ސިޔާސަތަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރުގެ ތައުރީފް

އިގްތިސާދީ ކުރިއެރުމަށް އާ އިވެންސްޓްމަންޓްތަކުގެ މުހިންމު ކަން ފާހަގަ ކުރައްވާ އެ ކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި އަމަލު ކުރައްވާ ގޮތަށް ވެސް އެކަމަނާ ތައުރީފު ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގްތިސޯދީ ސިޔާސަތުތަކާއި ނިންމެވުންތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ތައުރީފު ކުރައްވައިފި އެވެ.

ދެ ބޭފުޅުން ބައްދަލު ކުރެއްވީ ދުބާއީގައި ކުރިޔަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024 ގައި ހަވާސާގަ އެވެ.

މިއަދުގެ ބައްދަލްވުމުގައި އެކަމަނާ ވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން ރަނގަޅު ހެޔޮ ބަދަލުތަކަކަށް މަގުފަހި ކުރާ ސިޔާސަތުތަކެއްގެ މުހިންމު ކަން ފާހަގަ ކުރައްވާފަ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭ އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް ދަތީގައި ކަމުން ވަރަށް ވިސްނުންތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

އަދި އިގްތިސޯދު ހަރުދަނާކޮށް ދުޅަހެޔޮ ކުރުމަށް މިހާތަނަށް އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކަށް ތައުރީފު ކުރެއްވި އެވެ. ހާއްސަކޮށް ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމެވި ނިންމެވުން ފާހަގަ ކުރެއްވި އެވެ. އިގްތިސާދީ ކުރިއެރުމަށް އާ އިވެންސްޓްމަންޓްތަކުގެ މުހިންމު ކަން ފާހަގަ ކުރައްވާ އެ ކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި އަމަލު ކުރައްވާ ގޮތަށް ވެސް އެކަމަނާ ތައުރީފު ކުރެއްވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާ އެ އިދާރާއާ ރާއްޖެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެެއްވި އެވެ. 

ރައީސް މިއަދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީއާ ވެސް ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.