އަދާލަތުގެ ތާރީހު ގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ. 2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ.
ކުުރިއަށް އޮތް ވިހިވަނަ މަޖިލީހު ގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރާނީ ހަތަރު ކެންޑިޑޭޓުން ކަމަށް އެ ޕާޓީން ބުނެފި އެވެ.
އަދާލަތުގެ ޓިކެޓަށް ހުޅުވާލީ ވެސް ހަތަރު ދާއިރާ އަކަށެވެ. އަދި ޕްރައިމަރީ އެއް ނެތި ހަތަރު ދާއިރާއަކަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅި އެވެ. އަދާލަތުން ހުޅުވާލީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އަށް ޝައުގުވެރިވާ މެންބަރުން އެކަމަށް ކުރިމަތި ލުމަށެވެ.
ނަމަވެސް ފެލިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެ އެވެ. އޭގެ ބަދަލު ގައި ހުޅުވާލި ތިން ދާއިރާގެ އިތުރުން ފުނަދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމި އެވެ. އަދި މިއަދު އެ ކެންޑިޑޭޓުން ވަނީ ފޯމް ހުށައަޅާފައެވެ. އެއީ؛
އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ.
2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ. މަޖިލީސް އިންތިހާބު ގައި އަދާލަތު ގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީން ވެސް ކުރީން ވާދަ ކުރައްވާފައިވެ އެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ތެރޭގައި އައްޝައިހް އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒް ފަދަ ބޭފުޅުން ހިމެނެ އެވެ.