ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ޖެހެން ހުޅުވާލައިފި

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަފްތާ 14 ގެ މަގުޗާޓާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓްރީވާން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

މާލޭގައި ދުއްވާ ޓެކްސީއެއް: ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައި --

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ދަފްތަރު އެކުލަވާލަން ސަރުކާރުގެ ހަފްތާ 14 ގެ މަގުޗާޓުގައި ވަނީ ހިމަނާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަފްތާ 14 ގެ މަގުޗާޓާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓްރީވާން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ. 

"ވީމާ މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން މިވުޒާރާގެ ސިމްސް ޕޯޓަލް އިން މިކަމަށް ހާއްސަ ކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވިން،" ޓްރާންޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުންޏެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެފަރާތްތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.