ރައީސް ދުބާއީއަށް؛ ގަވަމެންޓް ސަމިޓާއި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ

ޔޫއޭއީން ފޮނުވި ޕްރައިވެޓް ޖެއްޓެއްގައި އެ ދަތުރުކުރެއްވީ 6 ނޮވެމްބަރުގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް މި ގައުމަށް ވަޑައިގަތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުބާއީއަށް ފުރާވަޑައިގަންނަވަނީ --

ޔޫއޭއީގެ ދުބާއީގައި ބާއްވާ ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 

ވޯލްޑް ގަވަމެންޓް ސަމިޓް 2024 އޮންނާނީ މިމަހުގެ 12 އިން 14 އަށެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރު އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގައުމުތަކުގެ އިސްވެރިންގެ މެދުގައި، މުސްތަގުބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މި ސަމިޓްގައި މަޝްވަރާތައް ކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ސަމިޓްގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ސަމިޓަށް ވަޑައިގަންނަވާ ބައެއް އިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރާއްޖެއިން އިންތިޒާމް ކޮށްގެން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައި ވެސް ރައީސް ބައިވެރިވެވަޑައިގެން ތަހުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޔޫއޭއީން ފޮނުވި ޕްރައިވެޓް ޖެއްޓެއްގައި އެ ދަތުރުކުރެއްވީ 6 ނޮވެމްބަރުގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް މި ގައުމަށް ވަޑައިގަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.