އަލްޝާލީ 2006 ގައި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން ރާއްޖޭގައި ހިންގާ ދިވެހި ވިޔަފާރިއެކެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއިން ވަނީ އާއިލީ ދަތުރުތަކާއި ސްޕޯޓްސް ފިޝިންއަށް ހާއްސަ އުޅަނދެއް ތައާރަފު ކޮށްފަ އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މެރިން އެކްސްޕޯޓް 2024 ގައި "މަޖެލާން 32" ގެ ނަމުގައި މި އުޅަނދު ދައްކާލަ އެވެ. މި އުޅަނދަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވެސް ބޭނުން ކޮށްލެވޭނެ އުޅަނދެކެވެ. މި އުޅަނދު ފަރުމާ ކޮށްފައި ވަނީ އާއިލީ ދަތުރުތަކަށް ވެސް ފައްކާވާ ގޮތަށެވެ. މި ފިޝިލް ލޯންޗްއަކީ ފެމެލީ ޓްރިޕްތަކުގައި ބޭނުން ކުރަން ހާއްސަ އުޅަނދެކެވެ. ނިދާލާނެ ކެބިން އާއި ރަނގަޅު ފާހާނާއެއް ފެންވަރާ ލެވޭ ގޮތަށް ހުރެ އެވެ. ބާނާ މަސް ސްޓޯރު ކުރެވޭނެ މެކޭނިޒަމެއް އޮވެ އެވެ. މަސް ދިރުވާނެ ބަޔަކާއި އައިސް އަޅާ ފިނިކުރި މަސް ބަހައްޓާނެ ބައެއް ހިމެނެ އެވެ.