ތާގައި ދެ ކޯޒްވޭ، ރައީސް ދެއްވީ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން

"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކިނބިދޫގައި ވާހަކަދައްކަވަނީ --

ތ. އަތޮޅުގައި އަޅަން ވައުދުވި ދެ ކޯޒްވޭ އަޅަން ވެވަޑައިގަތް ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވައުދުވެވަޑައިގެންފައި ވަނީ ކިނބިދޫ އަދި ވޭމަންޑޫ ގުޅާލަން ކޯޒްވޭ އަކާއި މަޑިފުށި އަދި ދިޔަމިގިލި ގުޅާލުމަށެވެ. މިއަދު ކިނބިދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ދެ ކޯޒްވޭ ވެސް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކިނބިދޫ ރައްޔިތުން އެންމެ އިސްކަން ދޭ ކަމަކީ ވޭމަންޑޫއާ ގުޅާލުން ކަމަށް ވާތީ، ސަރުކާރުން އެރަށަށް ކޮށްދޭނެ ކަންކަމުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނީ އެ މަޝްރޫއުއަށް ކަމަށެވެ. 

ކިނބިދޫ-ވޭމަންޑޫ އަދި މަޑިފުށި-ދިޔަމިގިލި ގުޅާލާ ކޯޒްވޭ އަޅައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ވޯޓް ހޯދަން ކަޑަ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވޯޓް ހޯދަން ވައުދުވެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ. އެމަނިކުފާނު ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
 
"ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށަކަށް ވެސް އެންމެ މުހިންމީ އިގްތިސޯދީ ކުރިއެރުން ގެނެސްދިނުން ކަމަށްވާތީ، ތ. އަތޮޅުގެ ރަށްތަކުގައި ވެސް އިގްތިސޯދު ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް ތަރުބީކުރަމުން ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް، އެ ބޭނުންވާ ގޮތަށް ހާސިލްކޮށްދެއްވާނެ ކަމަށެވެ.

އަދި، ރާއްޖޭގެ ތަރައްގީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިގްތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެން ކަމަށާއި، އަދި އެކަމުން އަރައިގަތުމަށާ އިގްތިސޯދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސޯދީ އެޖެންޑާ އައިއެމްއެފް އިން ބަލައިގަނެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.