"ތާގެ އެކި ހިސާބުތަކުގައި ރިސޯޓްތައް ތަރައްގީ ކުރާނަން"

ތ. އަތޮޅުގައި ބޮޑު އާބާދީއެއް އޮވެފައި ގިނަ ރަށްތަކެއް އޮންނަ އިރު މިހާރު އެ އަތޮޅުގައި ހިންގަނީ އެންމެ ރިސޯޓެކެވެ. އަދި އެ އަތޮޅުގައި އޮންނަނީ އެންމެ އެއާޕޯޓެކެވެ.

ބާހަލައިގެން ފަސް އަހަރު ތެރޭ ތ. އަތޮޅުގައި ގިނަ ރިސޯޓްކެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒު ފައްޓަވާފައިވާ "ރައީސްގެ ޖަވާބު" ސީރީޒްގައި މިއަދު އެ މަނިކުފާނު ޖަވާބެއް ރިކޯޑްކޮށް އާންމު ކުރައްވާފައި ވަނީ ތ. އަތޮޅަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫ، މީހަކު ރައީސް ބައްދަލުކޮށް އަމާޒު ކުރި ސުވާލަކާ ގުޅިގެން އެ އަތޮޅުގައި ހުންނަވައިގެނެވެ. އޭނާގެ މައިގަނޑު ސުވާލު އަމާޒު ކޮށްފައި ވަނީ ތ. އަތޮޅުގައި އެންމެ ރިސޯޓެއް އޮތުމާއި އިތުރު ރިސޯޓްތައް ހެދިފައި ނެތުމުގެ މައްޗަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުންނާއި އެކި އުމުރު ފުރައިގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކޮށްދޭން އެ މަނިކުފާނު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، ޓޫރިޒަމް އިންޑަސްޓްރީން އެކަން ކޮށް ދިނުމުގައި ވެސް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ. 

ތ. އަތޮޅުގައި މިހާރު އެންމެ ރިސޯޓެއް އޮތް ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ ތ. އަތޮޅަށް ވަރަށް ގިނަ ރިސޯޓްތަކެއް މި ދައުރުގެ ތެރޭ ގެންނަން ކަމަށާއި އެކަމުގެ ވަރަށް ބޮޑަށް ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި އަތޮޅަށް އިރާދަ ކުރެއްވިއްޔާ ވަރަށް ޔަގީން މި އަހަރު ވެސް [ރިސޯޓެއްގެ މަސައްކަތް] ފެށޭވަރު ވާނެ، އަދި މި ފަސް އަހަރުތެރޭ ބަހާލައިގެން ގިނަ ރިސޯޓްތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސް ދޭނަން" ރައީސް ވިދާޅުވި އެވެ. 

ތ. އަތޮޅުގައި ހިންގާ ރިސޯޓް މާލިފުށި

ރައީސް އަދި ވިދާޅުވީ ތ. އަތޮޅުގައި އެއާޕޯޓް އިތުރު ކުރަން ގުރައިދޫ އާއި ވިލުފުށީގައި އެއާޕޯޓް އަޅާނެ ކަމަށާއި އޭރުން ތިމަރަފުއްޓާއެކު ތިން އެއާޕޯޓް ހަމަވުމުން ކަނެކްޓިވިޓީ އިތުރު ވެގެން ދާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގެ އިގްތިސޯދަށް ގެންނަން މި މަސައްކަތް ކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަލެއް ގިނަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވަރަށް އަވަހަށް ފުޅާކޮށް ތަރައްގީ ކުރެވުމުން ޓޫރިސްޓުން އަންނަލެއް ގިނަވާނެ ކަމަށެވެ.

"ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަށް ގޮސް އާމްދަނީ ލިބޭނެ، ވަޒީފާ އަދާ ކުރެވޭނެ ފުރުސަތު ހޯދައި ދޭނަން، ވަރަށް އަވަހާ އެކަން ފެނިގެންދާނެ. އެހެން އަތޮޅުތަކުގައި ވެސް އަޅުގަނޑުގެ ވިސްނުމަކީ ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ރިސޯޓްތަކުގައި ތިބެގެން ވަޒީފާ އަދާކޮށްފައި ކައިރީ އޮންނަ އޭނާގެ އަމިއްލަ ރަށަށް ފަސޭހައިން ދެވޭކަހަލަ ގޮތަކަށް އެކި ހިސާބުތަކަށް ރިސޯޓްތައް އިތުރު ކުރަން އެހެންވީމާ ތިކަން ވާނެ،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.