ޕާކު ކުރާނެ ޖާގަ ނެތުމާއި, ސްކޫލްތަކާއި އޮފީސްތަކުގެ އިތުރުން އާންމު ފަރާތްތަކުން ހިދުމަތް ހޯދާ ލިބިގަންނަ ތަންތަން ކައިރި ކައިރީ ހުރުމަކީ މާލޭގެ ޓްރެފިކަށް ބުރަ ބޮޑުވުމުގެ ސަބަބެކެވެ.
މަރުކަޒްކޮށް ތޮއްޖެއްސުމުގެ ސަބަބުން މާލެއަކީ ހައްލުކުރަން ދަތި އެތަކެއްް މައްސަލަތައް ދިމާވެފައިވާ ރަށެކެވެ. މީގެތެރެއިން ޓްރެފިކްގެ މައްސަލަތަކަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކަށް ވެސް ހައްލު ކުރަން ފަސޭހަ ކަމަކަށް ނުވި އެވެ. އެކި މުއްދަތުގަ އެކި ކަންކަން ފަހިކޮށްދީގެން ވެސް ދާއިމީ ހައްލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލު ކުރެވޭނެ ގޮތަކީ ވެހިކަލްގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމެވެ. ނުވަތަ ވަކި މުއްދަތަކަށް އުޅަނދުތަކުގެ އުމުރު ކަނޑައެޅުން ކަމުގައި ބަލައި މަސަތްކަތް ކުރެވުނަސް އެ ހުރިހާ މަސަތްކަތް ހުއްޓިފައި ވަނީ އެކަށީގެންވާ އެއްވެސް ނަތީޖާއެެއް ނުނެރެވި އެވެ.