ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭ ގޯތި ދޫކުރަން ލާޒިމް ކުރާ އިސްލާހެއް

އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓްކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

މެމްބަރު މީކާއިލް ނަސީމް: ބިމާ ބެހޭ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައި --

ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓްކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

މިއަދު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ޒަމާނުއްސުރެ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް، ދާއިމީ ލިސްޓު ގެޒެޓްކުރިތާ އެތައް ދުވަހެއް ވީއިރުވެސް ދޫކޮށްފައި ނުވާ ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން އާންމުންވެސް ފާޅުކުރަމުންދާއިރު، އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގޯތި ދޫކުރުން ލަސްވާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ދޫކުރުމަށްފަހު އަވަސް މުއްދަތެއްގައި ގޯއްޗާއި ރަޖިސްޓްރީ ހަވާލުކުރަން ޖެހޭ ގޮތް ހެދުމަށް ކަމަށެވެ.

މީކާއިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ދިން އެއްވެސް އެއްޗެއް އަތުނުލައްވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. ނަމަވެސް އެ އަހުދަށް ފުރަގަސްދެއްވާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ގޯތި ދީފައި ވަނީ މިހާރު ހިއްކަމުންދާ ތަންތަނުންނެވެ. އެމީހުންނަށް ގާނޫނު ބުނާ ގޮތުން ގޯތީގެ ރަޖިސްޓްރީ ދެވޭނީ އެތަންތަން ހިއްކާ ނިމުމުންނެވެ. ނަމަވެސް، އެމީހުންނަށް ގޯތި ލިބިފައިވާކަން އެނގޭ ވަގުތީ ލިޔުން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ކުރީން ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.