ރަށު ޓޫރިޒަމުން ދައުލަތަށް | މާފުށިން 93 މިލިއަން، 5 ރަށުން 19.5 މިލިއަން

މުޅި މި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި 114 ރަށެއްގައި ހިންގަ އެވެ. އެ ހުރިހާ ރަށްރަށުގައި ހިންގާ ތަންތަނުގައި ޖުމްލަ 13,679 އެނދު އެބަހުއްޓެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ ކ. މާފުށި

މިއީ ޝައުގުވެރި ސުވާލުތަކެކެވެ؛ ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ހިންގާ ރަށްރަށުން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ޓެކުހުގެ ގޮތުގައި ދައްކަނީ ކޮން ރަށަކުން ހެއްޔެވެ؟ އެ ވިޔަފާރި ފުޅާކޮށް ހިންގާ ރަށްރަށުން ޓެކުހުގެ ގޮތުގައި ދައުލަތަށް އަހަރަކު ކިހާ ފައިސާއެއް ދައްކާ ބާއެވެ؟ 

"މި" ނޫހަށް ލިބިފައިވާ ދައުލަތުގެ ރަސްމީ ހިސާބު ކަރުދާހަކުން އެނގޭ ގޮތުގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ދައްކަނީ މާލެ ސިޓީގެ މި ވިޔަފާރި ކުރާ ތަންތަން ނުހިމަނައި ބަލައިފިނަމަ ހަ ރަށަކުންނެވެ. 

އެއީ މާލެ އަތޮޅުގެ މާފުއްޓާއި އއ. ތޮއްޑޫ އަދި އއ. އުކުޅަހުގެ އިތުރުން އދ. ދަނގެއްޗާއި މާލެ އަތޮޅު ހިންމަފުށްޓާއި ވ. ފުލިދޫ އެވެ. 

ތިން ޓެކުހެއްގައި މި ރަަށްތަށުން ޖުމްލަ 112 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރު ދައުލަތަށް ދައްކާފަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި މާފުށި ނުހިމަނައި ބަލާނަމަ މި އަދަދު އުޅެނީ 19.5 މިލިއަން ރުފިޔާގަ އެވެ. މާފުށިން އެކަނި 93 މިލިއަން ރުފިޔާ ދައުލަތަށް ދީފައި ވެ އެވެ. 

ހަ ރަށުގެ ގްރީން ޓެކުސް - 2023

  •  ތޮއްޑޫ - 1.2 މިލިއަން
  •  އުކުޅަސް - 1.8 މިލިއަން
  •  ދަނގެތި - 671,892.48 ރުފިޔާ
  •  ހިންމަފުށި - 734,321.18 ރުފިޔާ
  •  މާފުށި - 22,2 މިލިއަން
  •  ފުލިދޫ - އެއް މިލިއަން

މި ހަ ރަށުން މާފުށި ނުލައި ބަލާނަމަ ގްރީން ޓެކުހަށް ދައްކާފައި ވަނީ ފަސް މިލިއަން ރުފިޔާ އެވެ. މާފުށިން އެކަނި މިދިޔަ އަހަރު ގްރީން ޓެކުހަށް 22 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކާފަ އެވެ.  

ގެސްޓްހައުސް އައިލެންޑުގެ ގޮތުގައި ސިފަ ކުރާ ކ. މާފުށީގައި ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ހުރީ 58 ގެސްޓްހައުސް އެވެ. އެ ރަށުގައި ޖުމްލަ 1,922 ޓޫރިސްޓު އެނދު އެބަހުއްޓެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އުކުޅަހުންނެވެ. އެ ރަށުގައި 26 ގެސްޓްހައުސްއާއެކު ޖުމްލަ 386 އެނދު ހުރިއިރު އެ ރަށުން ޖީއެސްޓީއަށް 1.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. 

ހަ ރަށުގެ ޓީޖީއެސްޓީ - 2023

  •  ތޮއްޑޫ - 2.2 މިލިއަން
  •  އުކުޅަސް - 5.1 މިލިއަން
  •  ދަނގެތި - އެއް މިލިއަން
  •  ހިންމަފުށި - 275,971.12 ރުފިޔާ
  •  މާފުށި - 57,5 މިލިއަން
  •  ފުލިދޫ - 2,6 މިލިއަން

ޓޫރިޒަމް ޓެކްސް ނުވަތަ (ޓީޖީއެސްޓީ) ގެ ގޮތުގައި މާފުށި ނުލައި މި ރަށްތަކަށް ބަލާނަމަ ޖުމްލަ ލިބިފައިވަނީ 11.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މާފުށިން މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 57 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކާފަ އެވެ. 

ދެވަނައަށް އެންމެ ގިނައިން ޓީޖީއެސްޓީ ދައްކާފައިވަނީ އުކުޅަހުންނެވެ. އެ ރަށުން 5.1 މިލިއަން ރުފިޔާ ޓީޖީއެސްޓީގެ ގޮތުގައި ދެއްކި އެވެ. 

ހަ ރަށުގެ ޖީއެސްޓީ - 2023

  •  ތޮއްޑޫ - 415,122.45 ރުފިޔާ
  •  އުކުޅަސް - 465,915.23 ރުފިޔާ
  •  ދަނގެތި - 1.2 މިލިއަން
  •  ހިންމަފުށި - 734,321.18 ރުފިޔާ
  •  މާފުށި - 13 މިލިއަން
  •  ފުލިދޫ - 303,959.85 ރުފިޔާ

ޖީއެސްޓީގައި މާފުށި ނުހިމަނައި ފަސް ރަށުން 3.1 މިލިއަން ރުފިޔާ ވަނީ ޖީއެސްޓީއަށް ދައްކާފަ އެވެ. ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މާފުށިން މިދިޔަ އަހަރު 13 މިލިއަން ރުފިޔާ ދެއްކި އެވެ. އަދި  ދެވަނައަށް އެންމެ ބޮޑު ޖީއެސްޓީއެއް ދައުލަތަށް ދީފައި ވަނީ ދަނގެތިންނެވެ. އެ ރަށުން 1.2 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދެއްކި އެވެ. 

ގެސްޓްހައުސް ވިޔަފާރި - ރާއްޖޭގައި މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 20 އަތޮޅެއްގެ 114 ރަށުގައި މި ވިޔަފާރި ދަނީ ކުރަމުންނެވެ. މި ރަށްރަށުގައި 800 އަށްވުރެ ގިނަ ގެސްޓްހައުސްގައި 13,679 އެނދު ހުރި ކަމަށް ދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.