ވެރިރަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖް، އަޅާނުލާ ދޫކޮށްލާފައިވުމުން އެ ސަރަހަށްދުގެ ބޮޑު ބައެއް ވަނީ ކުނިގޮނޑަކަށް ބަދަލުވެފަ އެވެ. އެއްވެސް ފަރާތަކުން އެ ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެއް މިދިއަ ދުވަސްތަކުގައި ކޮށްފައެއް ނުވެއެވެ.
މާލޭގެ ހުޅަނގު ދެކުނު ފަރާތުގައިވާ އިންޑަސްޓްރިއަލް ވިލެޖަކީ ވެރިކަން ކުރާ މާލޭ ސިޓީން ވަރަށް ލަދުވެތި މަންޒަރުތަކެއް ފެންނަން މިހާރު އޮތް ސަރަހައްދެކެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ ސަރަހައްދަށް ކުނި އުކުމުގެ ސަބަބުން މުޅި އެ ސަރަހައްދު ވަނީ ކުނި ގޮނޑަކަށް ބަދަލުވެފަ އެވެ. މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ސަަހައްދާ އެއްވެސް ފަރާތަކުން މާ ބޮޑު އަޅާލުމެއް ބާއްވާ އެ ސަރަހައްދު ސާފުކޮށް ބަލަހައްޓާފައި ނުވާއިރު މިހާރު އެއީ ވަރަށް ބޮޑު ކުނި ގޮނޑެކެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖަށް އުކާލާފައިވާ ކުނީގެ ތެރޭގައި ގޭގައި ހިފާ ގެންގުޅޭ ތަކެތިން ފެށިގެން ބާވެ ހަލާކުވެފައިވާ ގިނަ އަދަދެެއްގެ ވެހިކަލެވެސް ހިމެނެ އެވެ. އެ ސަރަހަށްދުގައި ޖަމާވެފައިވާ ކުނިފުނިތަކަކީ ޢާންމު ސިއްހަތައް ނުރައްކާވާ ދަރަޖައިގައި ހުރި ތަންތަނެވެ.
ފެންހެދޭނެ ޒާތުގެ ގިނަ ތަކެތި އެ ސަރަހައްދުގައި ހުރުމުން މަދިރި އާލާވެ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަށް އިތުރުވުމަކީ އެކަށީގެންވާ ކެމެކެވެ. މީގެ އިތުރުން އެ ސަރަހަށްދަކީ ގިނަ އަދަދެެއްގެ ބުޅާ އުޅޭ ސަރަހަށްދަކަށްވުމާއެކު ބުޅަލުގެ ނަޖިސް ވެސް ވަނީ ކުނިތަކު ތެރެއަށް ފެތުރިފަ އެވެ.
ބައެއް ސަރަހައްދުތަކުގައި ފަސޭހައިން ހުޅު ހިފާނެ ޒާތުގެ ތަކެތި ފުނި ޖެހިފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ސަރަހައްދުގައި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެކަން ވެގެން ދާނީ ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއަކަށެވެ.
ބާވެ ހަލާކުވެފައިވާ އެތަށް އުޅަންދެއް މި ސަރަހަށްދަށްވަނީ ދޫކޮށްލާފައެވެ. މީގެތެރެއިން ބައެއް އުޅަނަދުތައްވަނީ ދަބަރަށްވެ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.
އަޅާނުލާ ދޫކޮށްލާފައިވުމުން ސަރަހަށްދުގައި ހިނގަން ހާއްސަ ޖާގަ އާއި ބައެއް މަގުތަކުގައި ވަނީ ކުނީގެ އިތުރުން ގަސް ބޯވެފައެވެ.