މެޑަމްގެ ލިސްޓަކަށް ގޯތި ބަހާ ވާހަކައަކީ ހަގީގަތެއް ނެތް ފިތުނައެއް: ރައީސް

ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިސްޓް އަދި އެހެންވެސް ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ވިޔަސް އެކަމެއް ކުރިޔަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ސަރުކާރުން ފްލެޓާއި ގޯތިތައް ދެނީ ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ގެންގުޅުއްވާ ލިސްޓަކަށް ކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތެއް ނެތް، ދޮގު ވާހަކަ ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން  ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު އެ މަނިކުފާނަށް މިއަދު އަމާޒު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒާ ސުވާލެއް ކުރީ ހުޅުމާލޭ ފްލްޓްގެ 104 ގައި ދިރިއުޅޭ ފާތުމަތު އާދަމެވެ. އޭނާ ބުނީ ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގެންގުޅުއްވާ ލިސްޓަކަށް ގޯތިތަކާއި ފްލެޓްތައް ބައްސަވާ ކަމަށް އޮވެއެވެ. އެކަން އޭނާއަށް ގަބޫލު ނުކުރެވުނަސް ރައީސްގެ ފަރާތްޕުޅުން އެ ކަން ސާފުކޮށްލަން ބޭނުންވީ ކަމަށެވެ. 

އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ އެއީ "ވަރަށް ގިނަ ބައެއްގެ ހިތުގައި ޝައްކު އުފައްދަން ބައެއް މީހުން ކުރާ ކަމެއް" ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު ދެއްވާ ޔަގީން ކަމަކީ އެއްވެސް މީހަކަށް ނޫފޫޒެއް ފޯރުވައިގެން އެ މަނިކުފާގެ ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމެވެ.

"ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް ރަސްޓެއްސެއް ވިޔަސް ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ވިޔަސް އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާއަކުން ފޯރުވައިގެނެއް މި ސަރުކާރަކުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނޭ އެއީ ގެދޮރުވެރި ކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ހައްގެއް ކަމަށް ވިޔަސް އެ ހައްގަކުން އެއްވެސް މީހަކު މަހުރޫމް ކުރުމަކަށް ކަމެއް ނުކުރާނެ އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ލިސްޓް އަދި އެހެންވެސް ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ވިޔަސް އެކަމެއް ކުރިޔަށް ދާނީ އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއެކު ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އެ މަނިކުފާނު ޖާގަ ދެއްވާނެ ކަމެއް ނޫން ކަމަށެވެ.

"އެކަހަލަ ކަމެއް ހިންގާ މީހަކުގެ މައުލޫމާތު ލިބިއްޖެއްޔާ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން އެހެން ވީމާ މިހާރު ނެރޭ ލިސްޓް ނޫނިއްޔާމުން އެފަދަ މައުލޫމަތަކާ ގުޅޭ ގޮތުން، އެ ދައްކާ ވާހަކަތަކަކީ އެއް ގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން އެއީ ސަރުކާރާ މެދުގައި ހަގީގަތެއް ނެތް ވަހަކަތަކެއް ފަތުރައިގެން ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އިފެއްދުމަށް ދައްކާ ވާހަކަތަކެއް... އަޅުގަނޑު މިދޭ ޔަގީން ކަމަކީ އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް ރައްޔިތުންގެ ހައްގު އިރާދަ ކުރެއްވިއްޔާ ތެދުވެރި ކަމާއެކު އަދާ ކޮށްދޭނަން" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.