"އޭރު އެ މަސައްކަތުގަ އުޅުއްވި ހަތް ބޭފުޅުންނާ އަޅުގަނޑުމެން ސުވާލު ކޮށްފަ ވާނީ. އިތުރަށް އަޅުގަނޑުމެން އެ މައުލޫމާތުގެ އަލީގަ ސުވާލު ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުންނާ ސުވާލު ކުރުމާ، އެކަމަށް މިދަނީ ތައްޔާރުވަމުން،"
ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ނާޒައިޒް ފައިދާއެއް ހޯދަންތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ދީފައިވާ 4000 މީހުންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ތަހުގީގުން ހާމަވި ގޮތުގައި، ފްލެޓް ދިން 59.6 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންނެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އޭރު ފްލެޓް ކޮމެޓީގައި ތިއްބެވި ހަތް ބޭފުޅުން އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެ ކޮމެޓީގެ ޗެއާ އަކީ ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
"މިސާލަކަށް ނާޖައިޒް ފައިދާއެއް ހޯދައި ދިނުމަށްޓަކާތޯ ނޫނީ ނާޖައިޒް ފައިދާ ހޯދުމަށްޓަކާތޯ މިކަން ކޮށްފަ މިއޮތީ. އޭގެ ޖިނާއީ ތަހުގީގު ހިންގަން އޮންނަ މިންގަނޑުގެ ތެރޭގައި އަޅުގަނޑުމެން ތަހުގީގު ހިންގާނަން،" ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ދީފައި ވަނީ ނާޖައިޒް ފައިދާއެއް ހޯދައިދޭންތޯ ނުވަތަ ލިބިގަތުމަށްތޯ ބެލުމަށް އެކޮމިޝަނުން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި، އެ ތަހުގީގަށް މީހުން ހާޒިރު ކުރަން ޖެހޭނަމަ ހާޒިރު ކުރައްވާނެ ކަމަށެވެ.
"އޭރު އެ މަސައްކަތުގަ އުޅުއްވި ހަތް ބޭފުޅުންނާ އަޅުގަނޑުމެން ސުވާލު ކޮށްފަ ވާނީ. އިތުރަށް އަޅުގަނޑުމެން އެ މައުލޫމާތުގެ އަލީގަ ސުވާލު ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުންނާ ސުވާލު ކުރުމާ، އެކަމަށް މިދަނީ ތައްޔާރުވަމުން،" ޝާމިލް ވިދާޅުވި އެވެ.
އޭސީސީ އިން މިއަދު ހާމަކުރި މައުލޫމަތުތަކުގެ ތެރޭގައި، މީހުން ހުށަހަޅާފައިވާ ލިޔުންތަކަށް އެކަނި ރިއާޔަތް ކުރުމަށްފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔުންތައް ހިމެނެ އެވެ. އެތަކެތީގެ ސައްހަކަން ކަށަވަރު ކޮށްފައެއް ނުވެ އެވެ.
ޝާމިލް ވިދާޅުވީ، އޭސީސީގެ މެންޑޭޓް ތެރޭގައި ހިމެނެނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދައިފައިވާނަމަ އެ މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުން ސައްހަ ނޫން މައުލޫމާތު އުފައްދާފައިވާ މީހުންގެ މައްސަލަ އެކޮމިޝަނަށް ނުބެލުނު ނަމަވެސް، ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅައިގެން އެ ބައި ވެސް ތަހުގީގު ކުރައްވާނެ ކަމަށެވެ.
އަކްރަމް މުއްސަދިވެއްޖެކމައް ވ މީހުން އެބަކިޔާ ތިމަންނާމެން މިޗަރައް ދިނީމޭ ވެސް އެބަ ކިޔާ އަޑުއިވޭ