އަންހެނުންނާ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަނީ

ރައީސް ވިދާޅުވީ، އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް: އަންހެނުންނާ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް މި ދައުރުގައި އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި --

އަންހެނުނާއި ކުޑަކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް މާލޭގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިދައުރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ސިއްހީ ދާއިރާ ފުޅާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަށް މިއަހަރު ސަރުކާރުން މަސައްކަތް ފަށާނެ ކަމަށެވެ. މި މަޝްރޫއު ފުރިހަމަ ވުމުން މާލެ ނައިސް ރަށާ ކައިރިން ފަރުވާ ހޯދޭނެ ކަމަށެވެ.

އޭގެ އިތުރުން މި ދައުރުތެރޭގައި ލ. އަތޮޅުގައި ނަފްސާނީ ހޮސްޕިޓަލެއް އަޅާނެ ކަމަށާއި މާލެ ސިޓީގައި އިތުރު ތިން ހޮސްޕިޓަލް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ؛

  •  އަންހެނުންނާ ކުޑަކުދިންނަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް
  •  ކެންސަރަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް
  •  ތެލަސީމިއާ ކުދިންނަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް

"އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ހިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއްކޮށް، ވިލިމާލޭގައި ވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ސިއްހީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހި އިރާދަކުރެއްވިއްޔާ އަވަސް ހިދުމަތް ލިބެން ފަށާނެ. ކުއްލި ފަރުވާއަށް ބޭނުންވާ ހާލަތުގައި ދުރު ދަތުރުތައް ކުރުމަށް އެއާއެމްބިއުލާންސްގެ ހިދުމަތް އަންނަ މާރޗް މަހު ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް އެދަނީ ފުރިހަމަވަމުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.