އެކަނިވެރި މައިންނަށް ދޭ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަނީ

"ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމު ކުދިންނަށް ވެސް އަދި މުޖުތަމައުގައި ހަވާސާވެފައި ތިބި ކުދިންނަށް ވެސް މީގެ ކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއް ދީ، އަޅާލުންތެރިކަން، އެހީތެރިކަން އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުފެ ފޯނުން ވީޑިއޯ ސުވާލު ބައްލަވަނީ: އަންނަ އަހަރު އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި

އެކަނިވެރި މައިންނަށް ދޭ އިނާޔަތް އަންނަ އަހަރު ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ތެރެއިން ފާތިމަތު އާފިޔާ އަލީ ކިޔާ މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އާފިޔާ އެހީ އެކަނިވެރި މައިންނަށް ބޮޑު ކޮށްދެއްވަން ރައީސް ވެވަޑައިގަތް ވައުދު ފުއްދަވާނެ އިރަކާއި އަދި ޔަތީމު ކުދިންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތުތަކަކީ ކޮބައިތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު އެކަނިވެރި މައިންގެ ކޮށްދެއްވާނެ ކަމަށެވެ. މިއަހަރު އެކަން ބަޖެޓް ނުކުރެވުނީ އިގްތިސޯދު ރަގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވުމުން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މިއަހަރުވެސް މަސައްކަތް ކުރަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޔަތީމު ކުދިންނަށްޓަކާ ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް ފުޅާކޮށް، އެކުދިންނަށް ބޮޑު ސަމާލު ކަމެއް ދެވިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމު ކުދިންނަށް ވެސް އަދި މުޖުތަމައުގައި ހަވާސާވެފައި ތިބި ކުދިންނަށް ވެސް މީގެ ކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއް ދީ، އަޅާލުންތެރިކަން، އެހީތެރިކަން އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވައުދުވެވަޑައިގެންފައި ވަނީ އެކަނިވެރި މައިންނަށަށާއި އެކަނިވެރި ބަފައިންނަށް 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ކޮންމެ ދަރިޔަކަށް މަހަކު 3000 ރުރިޔާ އިތުރު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެ އެވެ.

އަދި، އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހަރަދު ދިނުމަށް ކުރާ ހުކުމްތައް ތަންފީޒު ވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ހަރަދު ދިނުމުގައި ހުކުމާ އެއްގޮތަށް ކަން ނުކުރާ މީހުން ބޮޑެތި ޖަލު ހުކުމާ ހަމައަށް އަދަބު އިތުރުކޮށް، ހަރަދު ހޯދަން ބައެއް މީހުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.