އެޗްޕީއޭ އިން ބުނީ މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވުމުން ބަލި ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ކުޑަ ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެޗްޕީއޭ އިން ބުނީ ކެންސަރު ބައްޔަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބަލި ކަމަށެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާއިރު، އޭގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ނުރަގަޅު އެކި އާދަތަކުގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށެވެ. އެގޮތުން، ޑަބްލިއުއެޗްއޯ އިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.
ކެންސަރު ޖެހުމަށް ގިނައިން މަގުފަހި ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުންނެވެ. އެޗްޕީއޭ އިން ބުނީ މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވުމުން ބަލި ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ކުޑަ ކުރެވޭނެ ކަމަށެވެ.
ކެންސަރު ބަލިން ރައްކާތެރިވުމަށާއި މި ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ޑިޖިޓަލައިޒްކޮށްފައިވެ އެވެ. އެޗްޕީއޭ އިން ބުނީ 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލްތަކުގައި ރަޖިސްޓްރީކޮށްފައި ތިބި ކެންސަރު ބަލި ޖެހިފައިވާ މީހުން އެ ރަޖިސްޓްރީއަށް އަޅަމުންދާ ކަމަށެވެ.
މި މައުލޫމާތަށް ބަލައި ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތައް ދެނެގަނެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އެއީ؛
މިއަދު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ ބައްޔާމެދު މީހުން ހޭލުންތެރިކަން އިތުރުކޮށް، މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލި ޖެހުމުން ފަރުވާ ހޯދޭނެ ގޮތާމެދު މައުލޫމާތު ފޯރުކޮށްދިނުމަށެވެ.