"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރަން ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން،"
ކެންސަރުގެ އާލާސްކަންފުޅަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދެއްވުމަށްފަހު އެގްރިވަޒީރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނުކުންނަވަން ފައްޓަވާ ރަސްމީ ޒިންމާ ނަންގަވަން ފައްޓަވައިފި އެވެ.
އެކަމަނާގެ އާލަސްކަންފުޅު، އެކަމަނާ ފުރަތަމަ ހާމަ ކުރެއްވެވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
އެ ޕޯސްޓުގައި އެ ކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެ އެވެ.
"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރަން ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން،" ރަމީލާ އޭރު ލިޔުއްވާފައިވެ އެވެ.
ފަރުވާއަށްފަހު ރަމީލާ އަލުން މަސައްކަތަށް ނުކުމެވަޑައިގެންނެވިއިރު، އެކަމަނާ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާ ގަދަވެ ވަޑައިގެން ހެޔޮ ހާލުކޮޅުގައި ވީހާވެސް އަވަހާ އަލުން ހިދުމަތަށް ވަޑައިގަތުމަށް މުޅި ސަރުކާރު އިންތިޒާރުގައި އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީން ވިދާޅުވެފައިވެ އެވެ.
ދިވެހި ސަރުކާރުގެ ހިދުމަތް ރަމީލާ ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ހިދުމަތްތަކުގެ ދާއިރާގައި ވެސް ރަމީލާގެ ހިދުމަތް ދިވެހި ގައުމަށް ދިޔައީ ލިބެމުން ދިޔަ އެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.