އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އެ ޕާޓީގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ޝަހުސިއްޔަތަކީ ރޮޒައިނާ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އެމްޑީޕީގެ ޓިކެޓް ގައި ފޭދޫ އުތުރު ދާއިރާއަށް ކުރިމަތި ލުމުގެ ފުރުސަތު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ގެއްލިއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓް ގައި ވިހިވަނަ މަޖިލީހަށް ކުރިމަތިލާން ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި ރޮޒައިނާ ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. އޭނާއާ ވާދަ ކުރެއްވީ އަހުމަދު ޝަރީފު (ޑުންގާ) އެވެ. އެއީ ދިވެހި ފުޓްބޯޅާ ގައި ފާހަގަ ކޮށްލެވުނު ކުޅުންތެރި އެކެވެ.
ޑުންގާ ވަނީ ރޮޒައިނާގެ މައްޗަށް ކުރި ހޯއްދަވާ ޓިކެޓް ކަަށަވަރު ކުރައްވާފައެވެ. މާލެ ސިޓީއާ އައްޑޫ ސިޓީގައި ބެހެއްޓި ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ ޑުންގާ އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އެ ޕާޓީގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ޝަހުސިއްޔަތަކީ ރޮޒައިނާ އެވެ.
ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު އޭނާގެ ފިރިކަލުން ވަނީ އިތުރު ދައުރުކަށް ކުރިމަތި ލައްވަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. ކިނބިދޫ ދާއިރާއަށް އެެމްޑީޕީގެ ޓިކެޓް ގައި ވާދަ ކުރަން މިއަދު އޮތް ޕްރައިމަރީ ގައި ނާޝިޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.