ނަޒޫއާ އަލީ ވަހީދު އަދި މޫކޭ ޓިކެޓް ޔަގީން ކުރައްވައިފި

ނަޒްރާ އިންތިހާބު ކާމިޔާބު ކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ. ނަޒްރާ ވަނީ 434 ވޯޓް ހޯއްދަވާފައެވެ. އޭނާއާ ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓަށް ލިބިފައިވަނީ 70 ވޯޓެވެ.

އަލީ ވަހީދު (ކ) ނަޒްރާ ނަސީމް (މ) މޫސާ އަލި މަނިކު (ވ)

އެމްޑީޕީގެ ޓިކެޓް ގައި ވިހިވަނަ މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ އަކަށް ހުންނެވި ނަޒްރާ ނަސީމް އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު އެ ބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ކާމިޔާބު ހޯއްދަވައިފި އެވެ.

އަލީ ވަހީދު ވާދަ ކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ. އޭނާއާ އެކު އެ ދާއިރާއަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަ ކުރި އެވެ. އެމްޑީޕީގެ ޓިކެޓް އަލީ ވަހީދު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. އޭނާ ވަނީ 245 ވޯޓް ހޯދާފައެވެ.

އެ ދާއިރާގެ ޓިކެޓް ހޯދުމަށް ދެން ވާދަކުރެއްވި ޓޫރިޒަމް މިނިސްޓަރީގެ ކުރީގެ ނައިބު އަހުމަދު އާތިފަށް ލިބުނީ 112 ވޯޓެވެ. ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އިބުރާހިމް ރަމީޒަށް ލިބުނީ 30 ވޯޓެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވާދަ ކުރެއްވީ ފުވައްމުލަކު ސިޓީ ދެކުނު ދާއިރާ އަށެވެ. ނަޒްރާ ވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ. ނަޒްރާ ވަނީ 434 ވޯޓް ހޯއްދަވާފައެވެ. އޭނާއާ ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓަށް ލިބިފައިވަނީ 70 ވޯޓެވެ.

މޫސާ އަލިމަނިކު ވާދަ ކުރެއްވީ ހުޅުމާލެ އުތުުރު ދާއިރާ އަށެވެ. މޫކޭ ވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ. މޫކޭ ވަނީ 70 ވޯޓް ހޯއްދަވާ ފައެވެ، އޭނާއާ ވާދަކުރި އަބްދުﷲ ނަސީރަށް ލިބުނީ 66 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.