އޭގެ އިތުރުން، ޑައުންޕޭމްނަޓް ދައްކަން ޖެހޭ ތިން މަސް ދުވަހުގެ މުއްދަތު ހަ މަސް ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްފި އެވެ.
ހައުސިން ޑިޕެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ލީސް ޓު އޯން މޮޑެލް" ގެ އިންވެސްޓްމެންޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ 50 ޕަސެންޓަށް ކުޑަކޮށް، އެބައި އަގުން އުނިކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޑައުންޕޭމްނަޓް ދައްކަން ޖެހޭ ތިން މަސް ދުވަހުގެ މުއްދަތު ހަ މަސް ދުވަހަށް ވަނީ ބަދަލުކޮށްފަ އެވެ.
"ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފަ. އަދި މި ޑިސްކައުންޓަކީ ފްލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި،" އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން އިތުރަށް ބުނީ، މިބަދަލާއެކު ވިނަރެސް މަޝްރޫއުއިން ފްލެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަންނަ ފަރާތްތަކަށް ވެސް މި ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ބޭންކު ލޯނަށް މަހަކު އެވްރެޖްކޮށް ދައްކަން ޖެހޭ ފައިސާއިން 4،200 ކުޑަވާނެ ގޮތަށް ފްލެޓްގެ އަގުން ޑިސްކައުންޓެއް ދޭނެ އެވެ. އެޗްޑީސީ އިން ބުނީ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ވެސް ފްލެޓް އަގުން އެވަރުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އަދި، މިހާތަނަށް އެއްފަހަރާ ފައިސާ ދައްކާފައިވާ މީހުންނަށް މިހާރު ކަނޑައަޅާފައިވާ ޑިސްކައުންޓްގެ ދަށުން، ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.