ބާ ކައުންސިލްގެ ރައީސް ވިޝާމް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ވިޝާމް ގެންދެވީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްގެ މަގާމުގެ ފުރުއްވަމުންނެވެ.

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް މަޖިލީހުގެ ކޮމެޓީއެއްގައި އެ ކައުންސިލްގެ ބައެއް މެންބަރުންނާއެކު: މިރޭ ވަނީ ކުއްލި ގޮތަކަށް ނިޔާވެފައި -- މިހާރުގެ ފޮޓޯއެއް

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ބާ ކައުންސިލްގެ މެންބަރަކު އަދި ވިޝާމްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ވިދާޅުވި ގޮތުގައި ވިޝާމް ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ފާހާނާތެރެއަށް ވެއްޓިފައި އޮއްވަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

ވެއްޓި ޖެހުމުގެ ސަަބަބުން ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައި ވެ އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ވިޝާމް ނިޔާވިއިރު އުމުރަކީ 39 އަހަރެވެ. 

ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޒުވާން ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ވިޝާމް ގެންދެވީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްގެ މަގާމުގެ ފުރުއްވަމުންނެވެ.

ވިޝާމްގެ ކުއްލި ވަކިވުމާއެކު ގާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި ވަކީލުން ގެންދަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.