އެކްސިޑެންޓެއްގައި ނޫސްވެރިޔާ ނާފިޒަށް ބޮޑެތި އަނިތާކެއް

ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓް ގައި ނާފިޒުގެ ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި ކޮނޑުހުޅު ނެއްޓި ހަށިގަނޑުން ބޮޑު ބައެއް ވަނީ މަށައިގެން ގޮސްފައެވެ.

ކުޅަދާނަ ނޫސްވެރިޔާ އަލީ ނާފިޒް

އެކްސިޑެންޓެއް ގައި ނޫސްވެރިޔާ އަލީ ނާފިޒަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ދޭން ފަށައިފި އެވެ.

ނާފިޒަށް އަނިޔާވި އެކްސިޑެންޓް ހިނގީ އިއްޔެ އިރޮއޮއްސުނު ވަގުތު އެވެ. ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓް ގައި ނާފިޒުގެ ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި ކޮނޑުހުޅު ނެއްޓި ހަށިގަނޑުން ބޮޑު ބައެއް ވަނީ މަށައިގެން ގޮސްފައެވެ.

އެކްސިޑެންޓްް ގައި ނާފިޒް ވިއްސައިގެން ގޮސް ޖެހުމާއި ގުޅިގެން އެތެރެހައްޓަށް ވެސް ވަނީ ގެއްލުން ވެފައެވެ.

އެކަމާއި ގުޅިގެން ލޭމަނާ ނުވެ އެތައް އިރެއް ހޭދަވި އެވެ. އަދި ސާޖަރީ ކުރުމަށް އެކަމުން ހުރަސް އެޅުނެވެ. އާއިލާ އިން ބުނި ގޮތުގައި މިހާރު ވަނީ ސާޖަރީ އަށް ވައްދާފައެވެ.

ދައުރު ނޫހުގެ މަލްޓިމީޑިއާ އެޑިޓަރުގެ މަގާމު ގައި ހުރި ނާފިޒަށް އަނިޔާވީ ނާފިޒް ދުއްވަން އިން ސައިކަލުގެ ފަހަތުން ބާރު ސްޕީޑް ގައި ދުއްވާފައި އައި ސައިކަލަކުން ޖެހި އެވެ. އެ ސައިކަލް ޖެހުނީ އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.