ޕީޖީ ޝަމީމަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ސަރުކާރުގެ ބައެއް ވެރިންނާ މަޖިލިސް މެންބަރުންނަށް ބައެއް ހަމަލާތައް ކުރިން ވެސް އަމާޒުވެފައި ވެ އެވެ. މިއީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް
  •  ޝަމީމަށް ހަމަލާ ދިނީ ގޭގެ ދޮރުމަތީން

ދިވެހި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ތޫނު އެއްޗަކުން ހަމަލާ ދީ އެ މަނިކުފާނު ޒަހަމް ކޮށްލައިފި އެވެ. 

އެ މަނިކުފާނަށް ލިބި ވަޑައިގެންނެވި ޒަހަމްތަކުގެ ތަފުސީލާއި ހާލުކޮޅުގެ ސީރިއަސް ކަމާބެހޭ އެއްވެސް ތަފުސީލެއް ރަސްމީ އެއްވެސް ފަރާތަކުން ސާފު ކޮށްދީފައެއް ނެތެވެ. ނަމަވެސް ޝަމީމްގެ ހާލުކޮޅު ރަނގަޅެވެ. ހަމަލާ ދީފައި ވަނީ ވާތަށެވެ. 

މިއަދު ދިން އެ ހަމަލާއަށް ފަހު އެ މަނިކުފާނު ގެންދަވަނީ އަދިވެސް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. 

ފުލުހުންގެ އިދާރާއިން މިއަދު ޕީޖީ ބުނީ ޝަމީމަށް މަގުމަތީން ހަމަލާދީފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭޑީކޭގައި އެ މަނިކުފާނު ފަރުވާ ހޯއްދަމުން ގެންދަވާއިރު އެ ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ކަމަށެވެ. 

ޝަމީމް މިއަދު އޭޑީކޭ ހޮސްޕިޓަލްގައި

ހަމަލާ ދިން ފަހުން ޝަމީމްގެ އެހީތެރިއެއް މެދުވެރިކޮށް އެ މަނިކުފާނާ ފޯނުން ކުޑަކުޑަ ވަގުތު ކޮޅަކަށް ގުޅޭ ގޮތްވި އެވެ. އެ ފޯންކޯލުގައި ހަމަ އެކަނި ވިދާޅުވީ ހަމަލާ ދިނީ ގޭ ދޮރުމަތީން ކަމަށެވެ.

އަދި ހަމަލައިގެ ހާދިސާ އައި ގޮތާއި ހަމަލާ ދިނީ ލަކުޑިގަނޑަކުން ކަމެއް ނޫނީ ވަޅިއަކުން ކަމެއް ދަންނަވާން ވެސް ކުއްލިއަކަށް ހަމަލާ އައި ގޮތުން އެނގި ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އަތްޕުޅަށް ލިބި ވަޑައިގެންފައިވާ ޒަހަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގި ވަޑައިގަންނަވާނީ ވެސް ޑޮކްޓަރުން ބައްލަވައި ފަރުވާގެ ކަންކަން ނިމުމުން ކަމަށެވެ.

"ހަމަލާއެއް ދީފި، އަޅުގަނޑު މި އޮތީ އޭޑީކޭގައި. ފަރުވާގެ ކަންކަން ކުރިޔަށް އެބަ ހިނގާ މިތާނގައި،" ވިދާޅުވި އެވެ.

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ ހަމަލައާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުސް އިދާރާއިން ނޫސްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ. 

ކުރިންވެސް އިންޒާރު ދޭ - މީގެ ކުރީން ޝަމީމަށް ހަމަލާ ދީފައި ނުވި ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ވަޑައިގަތުމުގެ ކުރީން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ކަމުގައި ހުންނެވި އިރުގަ އާއި ފަހުން ޕްރޮސެކިއުޓާ ޖެނަރަލް ކަމަށް ވަޑައިގެންނެވި ފަހުން ވެސް އެ މަނިކުފާނަށް ދިމާކޮށް އިންޒާރުތައް ދީ ހަދަ އެވެ.

އިންޒާރުތައް ލިބުނު ނަމަވެސް ޝަމީމަކީ ހަށި ފާރަވެރިންގެ ގެންގުޅުއްވާ ބޭފުޅެއް ނޫނެވެ. އަދި ރަސްމީ ގަޑި ނިމުމުން މަގުމަތީގައި އުޅުއްވާއިރު ވެސް އެ މަނިކުފާނު އުޅުއްވަނީ ގިނަކަންޏާ ވަރަށް ސާދަކޮށެވެ. 

ކޮމެންޓް

1
450
މުނީރު
7 months ago

ޒާތީ ކަމެއް ފިލުވާލީ ކަމަށްވާނީ . މިފަދަ މަގާމް ތަކުގަ ތިއްބަވާ ބޭފުޅުންނަށް ޕްރޮޓެކްޝަން ދޭންވާނެ ޕޮލިހުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.