2023: އަތޮޅުތަކުގައި މުދަލުގެ އަގުތައް 2.18 ޕަސެންޓް އުފުލުނު

އަދަދު މުޅި ރާއްޖެއަށް އެއްކޮށް ބަލާނަމަ ހުރީ 2.02 ޕަސެންޓުގަ އެވެ. އަދަދު މާލެއަށް ވަކިން ބަލާނަމަ 1.92 ޕަސެންޓަށް އަގުތައް އުފުލުނު ކަމަށް ދައްކަ އެވެ.

ބާޒާރު މަތީ ގޮޅިއެއްގައި ދެ މީހުން -- މި

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި މުދަލުގެ އަގުތައް 2.18 ޕަސެންޓް އުފުލިފައިވާ ކަމަށް ދައްކައިފި އެވެ. 

ގައުމީ ތަފާސް ހިސާބުތަށް ބަލަހައްޓާ އޮފީސް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ނަމްބަރުތައް އަޅާ ކިޔާނަމަ ތަކެތީގެ އަގުތައް ވަނީ 2.18 ޕަސެންޓަށް އުފުލިފަ އެވެ.

މި އަދަދު މުޅި ރާއްޖެއަށް އެއްކޮށް ބަލާނަމަ ހުރީ 2.02 ޕަސެންޓުގަ އެވެ. މި އަދަދު މާލެއަށް ވަކިން ބަލާނަމަ 1.92 ޕަސެންޓަށް އުފުލުނު ކަމަށް ދައްކަ އެވެ. 

އެންމެ އަގު ބޮޑުވި ބައެއް ތަކެތި

  • އާއްމުކޮށް ބޭނުންކުރާ ބުއިންތައް - 5.11 ޕަސެންޓް
  • ދުންފަތާއި ފޯއް - 3 ޕަސެންޓް
  • އަންނައުނު - 2.33 ޕަސެންޓް
  • ގެސް، ފެން އަދި ތެޔޮ - 3.14 ޕަސެންޓް
  • ފަރުނީޗަރު - 3.16 ޕަސެންޓް
  • ސިއްހީ ހިދުމަތްތައް - 0.94 ޕަސެންޓް
  • ދަތުރުފަތުރު - 4.4 ޕަސެންޓް
އަގު އުފުލެނީ ކީއްވެ؟ - ރާއްޖޭގައި އާއްމުކޮށް އަގު އުފުލެނީ އިމްޕޯޓް މުދަލުންނެވެ. ނަމަވެސް އަގު އުފުލުމުގައި ގައުމުގެ އިކޮނޮމިކް ހާލަތު ބޮޑު ދައުރެއް އަދާކުރެ އެވެ.

މިހާރު އަގު އުފުލިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ 2020 އިން ފެށިގެން ކޮންމެ އަހަރަކު ފައިސާ ޗާޕު ކުރަމުން ދިއުމުގެ ސަބަބުން ޑޮލަރަށް ލޯޑު ބޮޑުގެ އިމްޕޯޓަށް ބްލެކުން ޑޮލަރު ގަންނަން މަޖުބޫރު ވުމެވެ. މީގެ ސަބަބުން އަގު ބޮޑުކޮށް ޑޮލަރު ގަނެގެން އިމްޕޯޓް ކުރުމުން މުދަލުގެ އަގު ބޮޑުކުރަން މަޖުބޫރުވެ އެވެ. މިހާރު އިގްތިސޯދުގައި އަށް ބިލިއަން ރުފިޔާ އިތުރަށް ދައުރު ކުރަމުން ދެ އެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިންނެވެ. މި ދާއިރާއިން އަތޮޅުތެރޭގައި އަގުތައް 9.51 ޕަސެންޓް އަގުތައް ވެފައިވެ އެވެ. އަދި މާލޭގައި 11.32 ޕަސެންޓަށް އަގު ވެއްޓިފައިވާއިރު، މުޅިރާއްޖޭގައި އަގުތައް ވަނީ 10.56 ޕަސެންޓަށް ދަށްވެފަ އެވެ. 

މިދިޔަ މަހު 0.39 ޕަސެންޓުގެ އުފުލުމެއް

ޑިސެމްބަރު މަހަށް ވަކިން ބަލާނަމަ 0.39 ޕަސެންޓަށް އަގުތައް އުފުލިފައިވެ އެވެ. މިދިޔަ މަހު އަގުތައް އެންމެ ބޮަޑަށް އުފުލިގެން ގޮސްފައިވަނީ ތަރުކާރީގެ ބާވަތްތަކުގެ އެވެ. މިބައިގެ އަގުތައް ވަނީ 7.75 ޕަަސެންޓް އުފުލިފަ އެވެ. އަދި ކިރާއި ބިހުގެ އަގުތައް 1.42 ޕަސެންޓަށް އުފުލިފައިވެ އެވެ. 

މީގެ އިތުރުން ކަރަންޓުގެ އަގުތައް 0.08 ޕަސެންޓް އުފުލިގެން ގޮސްފައިވާއިރު، މަހުގެ އަގުތައް 1.69 ޕަސެންޓް އުފުލިފައިވެ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގުތައް ވެސް ވަނީ 0.81 ޕަސެންޓަށް އުފުލިފަ އެވެ. 

ސީޕީއައި ނަގަނީ - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.