ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރަން ޗައިނާއާ މަޝްވަރާކޮށްފި

ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކު ވަމުން ދާ އިރު، ކަމާބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ނުދެވެ އެވެ.

ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އާއި ޗައިނާގެ ސަފީރު

ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރަން ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރުމާބެހޭ ގޮތުން ޗައިނާއާ މަޝްވަރާ ކޮށްފި އެވެ. 

ހެރިޓޭޖް މިނިސްޓަރީން ބުނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމު ކުރަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރާއި ރާއްޖޭގައި ހުން ޗައިނާ ސަފީރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ މިނިސްޓަރީން ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ.

އަދި ބުނީ ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތް ކަމަށާއި އެ ފަދަ ލެބޯޓަރީއެއް ގާއިމުކުރަން  ބޭނުންވާ ކަންކަން ހުށަހެޅުމަށް ޗައިނާ ސަފީރު މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.

އަދި ފަހުމުނާމާއެއް އެކުލަވައިލައި، ދެ ގައުމުގެ ލިޔުންތައް ތަރުޖަމާކޮށް ޗާޕު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް ކުރެވުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.