އަަލީގެ އިންޒާރާއެކު ޑާކްރެއިން މާފަށް އެދި، ލަވަ ނަގަން ނިންމައިފި

އަލީ ރަމީޒު މިއަދު ބުނި ގޮތުގައި އޭނާގެ އަމިއްލަ އުފެއްދުމެއް ޑާކްރެއިން އިން ބޭނުންކުރީ އެއްވެސް ހުއްދައެއް ހޯދުމެއް ނެތި އެވެ. އަދި އެ ލަވަ އެހެން މީހަކު ލައްވާ ކިޔުއްވާ ރިމިކްސް ހަދާ އެ ލަވަ އެ ސްޓޫޑިއޯގެ ފިލްމެއްގައި ބޭނުން ކުރަމުންދެ އެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރާ މީހުންނާއި ދެކޮޅަށް ޝަރުއީ / ގާނޫނީ ފިޔަވަޅު އަޅާނެ އެވެ.

އަލީ ރަމީޒް

ޑާކްރެއިން އެންޓަޓައިމަންޓް އިން އުފައްދާ ފިލްމެއްގައި، އަލީ ރަމީޒުގެ އަމިއްލަ ލަވައެއް، އޭނާގެ ހުއްދައެއް ނެތި ބޭނުން ކޮށްފައިވާތީ އެކަމާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް އެ ސްޓޫޑިއޯއިން އަލީ ކިބައިން މާފަށް އެދިއްޖެ އެވެ.

އަލީ ރަމީޒުގެ އަޑުން ރެކޯޑް ކޮށްފައިވާ "ލޮލަކަށް ނިންޖެން ނާދޭ" މި ލަވަ މަރިޔަމް އަޝްފާގެ އަޑުން ރެކޯޑްކޮށް ޑާކްރެއިންގެ ފިލްމެއްގައި ހިމަނަން ވަނީ ނިންމާފަ އެވެ. އެ ލަވައިގައި ހަރަކާތްތެރިވާ އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަންދުވަހާއި ދިމާކޮށް މިދިޔަ ހުކުރު ދުވަހުގެ ޑާކްރެއިން އިން ވަނީ އެ ލަވަ ރިލީޒް ވެސް ކޮށްފަ އެވެ.

އެ ލަވައަކީ އަލީ ރަމީޒުގެ އަމިއްލަ އުފެއްދުމެކެވެ. އެ ލަވައިގެ ޅެން ހެދީ އީސާ ޝަރީފެވެ. ޅެން ހެދުވީ ވެސް އަލީ ހަރަދު ކޮށްގެންނެވެ.

އަލީ ރަމީޒު މިއަދު ބުނީ އޭނާގެ އަމިއްލަ އުފެއްދުމެއް ޑާކްރެއިން އިން ބޭނުންކުރީ އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ކަމަށެވެ. އަދި އެ ލަވަ އެހެން މީހަކު ލައްވާ ކިޔުވާ ރިމިކްސް ހަދާ އެ ލަވަ އެ ސްޓޫޑިއޯގެ ފިލްމެއްގައި ބޭނުން ކުރަމުންދާ ކަމަށާ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ކުރާ މީހުންނާއި ދެކޮޅަށް ޝަރުއީ / ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

"ވީމާ މީހުންގެ ހައްގުތަކަށް އިހްތިރާމް ކޮށް މިފަދަ ކަންކަން ނުކުރުމަށް އެންމެހާ ފަރާތްތަކަށް ދަންނަވަން. އަދި ފިލްމު ކުޅުމުގެ ނަމުގައި ތިންމަތީ ފަސާދަ ކުރުން ހުއްްޓާލައި މާތްﷲ އަށް ބިރުވެރިވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން،"

އަލީ ރަމީޒު ދެންމެ "މި" ނޫހަށް ބުނި ގޮތުގައި އެކަމާއި ގުޅިގެން ޑާކްރެއިން އިން ވަނީ އޭނާގެ ކިބައިން މާފަށް އެދިފައެވެ.

އަދި އެ ލަވަ ޑާކްރެއިންގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ނަގާނެ ކަމުގެ ޔަގީންކަންވެސް ދީފައިވާ ކަމަށެވެ. އަދި އެކަން އެ މީހުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ލަވައިގެ ދުނިޔޭގެ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދުމަށް ކުއްލި ގޮތަކަށް އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ އެވެ. އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އަލީގެ ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ ދައުވަތުގެ މައިދާނުގައެވެ. އިލްމުވެރިންނާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. "އަލީ ރަމީޒާއެކު" ސިލްސިލާ ޕްރަގްރާމްތަކަކީ އޭނާއަށް ހިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ކުރީން އޮތް ބޮޑު މަޝްހޫރު ކަމުގައި ދިރިއުޅުން ހޭދަކުރި ގޮތް އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރަގްރާމްތަކެކެވެ.

އަލީގެ ލަވަތައް އަޑު އަހާ / ފަތުރާ ނުހެދުމަށް އޭނާ ދަނީ ތަކުރާރުކޮށް އެެދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.