ދިޔާނާއަށް ރައްދެއް: ގާނޫނާ ހިލާފުނަމަ ފަނޑިޔާރު ހުވައި ލައި ނުދޭނެ

ސިރާޖު ވަނީ ވަޒީރުން އަލުން އައްޔަނު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނަމަ ސުޕްރީމް ކޯޓުން އެ ވަޒީރުންނަށް ހުވައި ލައި ނުދެއްވާނެ ކަން ކަށަަވަރުވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ކަމަށް ރުހުން ނުދެއްވި ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވަނީ

ވަޒީރު ކަމަށް ރުހުން ނުދެއްވި ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރުން ގާނޫނާއި ހިލާފު ނަމަ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކު ހުވައި ލައި ނުދެއްވާނެ ކަމަށް މަޖިލީހުގެ މައިނޯރީ ލީޑަރު / ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި އިއްޔެ ނެގުނު ވޯޓް ގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ.

ދެން ތިއްބެވި 19 ބޭފުޅުންނަށް ރުހުން ދޭން ވަނީ ފާސް ކޮށްފަ އެވެ.

ނަމަވެސް އެ ތިން ބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވާ އިއްޔެ ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. އެ ކަމާއި ގުޅިގެން ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ދިޔާނާ ވަނީ މި ރާއްޖޭގައި ގާނޫނު އަސާސީގެ ވާހަކަ ދައްކާ މީހާ ވާނީ މޮޔަކަށް ކަމަށް ވިދާޅުވެ ވަޒީރުން އަލުން އައްޔަނު ކުރުމުން ރާއްޖޭގައި މިހާރު އޮތީ ކަނޑުގެ ގާނޫނު ކަމަށް ސިފަ ކޮށްފައެވެ.

މަޖިލީހުގެ މައިނޯރީ ލީޑަރު / ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ދިޔާނާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ގާނޫނީ ވަކީލް / ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ވަޒީރުން އަލުން އައްޔަނު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނަމަ ސުޕްރީމް ކޯޓުން އެ ވަޒީރުންނަށް ހުވައި ލައި ނުދެއްވާނެ ކަން ކަށަަވަރުވާ ކަމަށް ވިދާޅުވެފައެވެ.

"ސުޕްރީމް ކޯޓަށް ގައިމު ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް،" މަޖިލީހުގެ މައިނޯރީ ލީޑަރުކަން ވެސް ކުރައްވާ މޫސާ ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ގާނޫނުއަސާސީގެ އަދި މަޖިލީހުގެ ގަވައިދުގެ ވެސް ރޫހަކީ ވަޒީރުންނަށް ރުހުން ދިނުމުގެ ބަދަލުގައި ބަލަން ޖެހޭ ބެލުންތައް ބަލައި ޝަރުތު ފުރިހަމަވާނަމަ ރުހުން ދިނުން ކަމަށެވެ. ރުހުން ދިނުމަށް ފަހު ވަޒީރުންގެ އިތުބާރު ގެއްލިއްޖެނަމަ އިތުބާރު ނެތް ކަމަށް ނެގުމަކީ އަދި މުޅީން އެހެން އިޖްރާއަތެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.