ރައީސް މުއިއްޒު އަޒުލު ކުރަން އެމްޑީޕީން ސޮއި ހަމަކޮށްފި

ވާހަކަ ދައްކަވާ މެންބަރުން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުން އަޒުލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަވެފައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ޑރ. މުހައްމަދު މުއިއްޒުގެ އަޒުލު ކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ރަސްމީކޮށް ނުބުނި ނަމަވެސް މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. 

އެ ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަގާމުން އަޒުލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަވެފައި ވެއެވެ. ނަމަވެސް ސޮއި ކުރީ ކިތައް ބޭފުޅުން ކަމެއް ސާފެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެކަމަށް ބޭނުންވާ ސޮއި ހަމަކުރީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއެކު އެވެ. އަދި މިހާތަނަށް 34 މެމްބަރަކު އެ ގަރާރުގައި ސޮއި ކޮށްފައި ވެއެވެ. 

ރައީސް އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން 26 މެންބަރެއްގެ ސޮއި ބޭނުން ވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.