ވެލިގާ ޓޫރިޒަމަށް ވަދެ، ދިއްފުށީގައި ސްޓޯން ހޮޓެލް

ވެލިގާއަކީ މިހާތަނަށް ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި ނަން މަޝްހޫރު ނަމެކެވެ. މި ކުންފުނިން ޓޫރިޒަމަށް ނުކުމެ ހުޅުވީ 50 ކޮޓަރީގެ ހޮޓަލެކެވެ.

ސްޓޯން ހޮޓެލްގެ ޗެއާމަން އަދި ވެލިގާ ހާޑްވެއާގެ ބާނީ މުހައްމަދު އަބޫބަކުރު އަދި ޓޫރިޒަމް ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް ސްޓޯން ހޮޓެލް ހުޅުއްވައި ދެއްވަނީ -- ސްޓޯން ހޮޓެލް

ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި ނަން މަޝްހޫރު "ވެލިގާ" އާއިލާއާގެ ވިޔަފާރި ޓޫރިޒަމަށް ފުރޮޅާލައި، މާލެ އަތޮޅު ދިއްފުށީގައި ހިތްގައިމު ހޮޓަލެއް ހުޅުވައިފި އެވެ. 

ދިއްފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "ސްޓޯން ހޮޓެލް" ގެ ނަން ދީފައިވާ މި ޓޫރިޒަމް ވިޔަފާރީގެ ރެބަން ކަނޑުވައި ހޮޓާ ހުޅުއްވައި ދެއްވީ ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމްގެ އިތުރުން ވެލިގާ އަދި ސްޓޯން ހޮޓެލްގެ ޗެއާމަން އަދި ވެލިގާ ހާޑްވެއާގެ ބާނީ މުހައްމަދު އަބޫބަކުރު އެވެ. 

ސްޓޯން ހޮޓެލްގެ ހާއްސަ ސިފަތައް

  •  ހޮޓަލުގައި 50 ކޮޓަރި
  •  ރާއްޖޭގެ މާހައުލު ފެންނަ ހިތްގައިމު ކޮޓަރިތައް
  •  މީރު ކެއުންތަކުގެ ރެސްޓޯރެންޓެއް
  •  އެންމެ މަތީގައި އިންފިނިޓީ ޕޫލެއް
  •  ސެޓިފައިޑް ޕަޑީ ޑައިވް ސެންޓަރެއް
  •  ފިޓަންސް ސެންޓަރާއި ސައުނާ
  •  ފްރަންޓް ޑެސެންޓް 24 ގަޑިއިރުގެ ބިޒްނަސް ސެންޓަރެއް
  •  ކުލީ ބައިސަލް އަދި ބަގީ
  •  ސްޕާ އާއި ވެލްނަަސް ސެންޓަރެއް
ވެލިގާ ހާޑްވެއާ އާއިލާ - މި އާއިލާގެ ވިޔަފާރި ރަސްމީކޮށް ބާނީ މުހައްމަދު އަބޫބަކުރު (ވެލިގާ އައްބާސް) ފެށުމުގެ ކުރީގައި ވެސް އެމަނިކުފާނަކީ މި ދާއިރާގެ ހިދުމަތް ތެރިއެކެވެ. އެމަނިކިފާނަކީ ރާއްޖޭގެ އެންމެ ކުރިއްސުރެން ފެށިގެން ވެއްޔާއި ގާ ވިއްކުމުގައި އުޅުއްވި މަޝްހޫރު ވިޔަފާރިވެރިއެކެވެ. މި ވިޔަފާރި ރަސްމީކޮށް ފިހާރައެއް ހުޅުވައި ފެށިފައިވަނީ 2008 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ މި ވިޔަފާރި ރާއްޖޭގައި ޒަމާނީ ފެންވަރެއްގައި ފެށި އެއް ކުންފުންޏެވެ. މިހާރު މި ކުންފުނީގައި ހަތް ވިޔަފާރި ހުރިއިރު މުވައްޒަފުންގެ އަދަދު 200 އަށްވުރެ ގިނަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.