ބޮޑު އިހުމާލެއް | ސިނަމާލެ ބްރިޖު މަރާމާތު ނުކުރާތާ ތިން އަހަރު

ބްރިޖަށް އަރަން އޮންނަ މައި ދޮރާށިން މިސްކިތެއްގެ މުންނާރު ސިފަވާ ގޮތަށް އިސްލާމީ ސިފަތައް ރަމްޒު ކޮށްދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ނުވަތަ "ސިނަމާލެ ބްރިޖު" ގެ މަަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ސީސީސީސީ އިންނެވެ.

ސިނަމާލެ ބްރިޖް: މިއީ ބަލާބެލުމަށް ވަރަށް ރީތި ބްރިޖެއް

ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު މާލޭން ހުޅުމާލެއަށް އަދި އެއާޕޯޓަށް ދަތުރު ކުރެ އެވެ. މިގޮތަށް ހުރި ދަތުރު ކުރާ އެންމެ މުހިންމު މަގަކީ ޗައިނާގެ ހިލޭ އެހީއާއި ލޯނަކުން އަޅައިގެން ސިނަމާލެ ބްރިޖެކެވެ. މި ބްރިޖު ރަނގަޅަށް ބެލެހެއްޓުމަކީ ސަރުކާރަށް ލާޒިމްވާ ކަމެކެވެ. އެކަމަކު މި ބްރިޖު މަރާމާތު ނުކުރާތާ ތިން އަހަރު ވެއްޖެ އެވެ. 

އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ގައުމީ ޓީވީގައި ވިދާޅުވީ ސިނަމާލެ ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު ކޮންޓްރެކްޓްގައި އޮތީ ދެ އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ހިލޭ މަރާމާތުކޮށް ދިނުމުގެ ހިދުމަތް ދޭށެވެ. ބްރިޖު އެޅި ޗައިނާގެ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ކުންފުންޏާއެކު ދައުލަތުން ހެދި އެގްރިމަންޓް ހަމަވެފައި ވަނީ 2020 ވަނަ އަހަރު އެވެ. 

މިނިސްޓަރު ވިދާޅުވީ އެގެ ފަހުން  ބްރިޖުން ކުނިކަހައި ސާފު ކުރުން ފިޔަވައި އެތަނުގައި މެއިންޓަނަންސްގެ މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.

"މެއިންޓަނަންސްއަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއް. ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުން ފަދަ ކަންކަން ވެސް ހިނގާފައި އެ ހުރީ،" މުއްތޮލިބު ވިދާޅުވި އެވެ. 

ބްރިޖު މަރާމާތަށް ދިވެހިން ތަމްރީނެއް ވެސް ނުކުރޭ

ބްރިޖުގެ މަސައްކަތް ކުރި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރުން އޭރު އެއްބަސްވެފައި ވަނީ ދެ އަހަރު ދުވަހު އެ ކުންފުނިން މެއިންޓަނަންސް ބެލެހެއްޓުމަށް ފަހު ދިވެހިން އެކަމަށް ތަމްރީން ކުރާށެވެ. ނަމަވެސް އެކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮށްފައެއް ނެތެވެ. 

ބްރިޖުގެ މަރާމާތު ވަރަށް އަވަހަށް ފަށާނެ

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ބްރިޖުގެ މެއިންޓަނަންސް އިތުރު ތިން އަހަރަށް ބަލަހައްޓައިދޭން ވެސް ކުރީ ސަރުކާރުގައި ސީސީސީސީން އެދުނު ކަަމަށާ ނަމަވެސް އެ ސަރުކާރުން  އެ އެއްބަސްވުންތަކުގައި ވެސް ސޮއި ކޮށްފައި ނެތް ކަމަށެވެ. 

"ޗައިނާ ސަރުކާރުން އެއްބަސްވެފައި އެބައޮތް ތިން އަހަރު ދުވަހަށް ހިލޭ އެހީގެ ދަށުން އެކަން [މެއިން ޓަނަންސް] ކޮށްދޭން. ކޮންޓްރެކްޓަރެއް އައިޑެންޓިފައި ކޮށްފައި ކޮންޓްރެކްޓަރު ހޮވާފައި އެހެން ނަމަވެސް ސޮއި ނުކޮށް އޮތީ. ވަރަށް ދުވަސްވަން ދެން ސޮއި ނުކުރެވި މި އޮތީ،" މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މިހާރު ހުރިހާ ކަމެއް ހަމަޖެހި ދައުލަތުގެ އިދާރާ ތަކުން ނަގަން ޖެހޭ ހުއްދަތައް ލިބުމާއެކު މެއިންޓަނަންސް ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. 

ދުރުން ފެންނައިރު ބްރިޖަށް އަރަން އޮންނަ މައި ދޮރާށިން މިސްކިތެއްގެ މުންނާރު ސިފަވާ ގޮތަށް އިސްލާމީ ސިފަތައް ރަމްޒު ކޮށްދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ނުވަތަ "ސިނަމާލެ ބްރިޖު" ގެ މަަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ސީސީސީސީ އިންނެވެ. މި މަސައްކަތް ކުރި ތިން އަހަރު ރާއްޖޭގެ ބާޒާރުން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ ތަކެތި ގަތެވެ. 

މި މަސައްކަތުގައި ރާއްޖޭގެ ބާޒާރުން ގިނަ އަދަދެއްގެ ތަކެތި ގަނެ ރާއްޖެއަށް އެއިން ބޮޑު މަންފާއެއް ކުރި އެވެ. އެގޮތުން ފެނަށް އެކަނި ބެލިނަމަވެސް 13 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 199 މިލިއަން ރުފިޔާ) ގެ ފެން ގަނެފައިވެ އެވެ.

ސިނަމާލެ ބްރިޖުގެ ހަރަދާއި ސާމާނު

  •  ޖުމްލަ އަގު: 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)
  •  މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)
  •  113 މިލިއަން ޑޮލަރު ( 57 ޕަސެންޓް) ޗައިނާގެ ހިލޭ އެހީ
  •  67 މިލިއަން ޑޮލަރު ލޯނު ( ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކާ ގޮތަށް)
  •  ސަރުކާރުގެ ހަރަދު: 18 މިލިއަން ޑޮލަރު
  •  ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން
  •  ޗައިނާގައި 100 މީހުންގެ މަސައްކަތް ކުރި
  •  ބްރިޖު އަޅަން 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް
  •  82،000 މެޓްރިކް ޓަނުގެ ސްޓީލް
  •  މި މަސައްކަތަށް 8500 ޓަނުގެ ސާމާނު ގެނައި
  •  ފުރަތަމަ ތަނބު ޖެހީ 12، ޖުލައި 2016 ގައި

މި ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު ފުޅާމިނުގައި 20.3 މީޓަރު ހުރެ އެވެ. ބްރިޖާއެކު ހަތަރު އަހަރު ނުވަތަ 1461 ދުވަސް ދިވެހިން ހޭދަކުރިއިރު މި ބިނާވެފައި ވަނީ ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ގިނަ މީހުންނަށް މަންފާކުރި ބިނާއަށެވެ. ބްރިޖުގެ ސަބަބުން ތިން ރަށެއް ގުޅިގެން ގޮސްފައިވާއިރު ތިން ރަށުން "މެޓްރޮޕޮލިޓަން ސިޓީ" އެއްގެ ސިފަ ފެންނަން ފެށި އެވެ.

ސިނާމާލެ ބްރިޖާއި ތިލަމާލެ ބްރިޖު - ތިލަމާލެ ބްރިޖަށް އިންތިޒާރެއް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.