އެންމެ ފަސް

ޖަލްސާއަށް ފުރުސަތެއް ނުދިން، އިސްކޮށް އެމްޑީޕީ ދޫކޮށްލި މެންބަރުން

ޖަލްސާ ފެށުމަށް 8:00 ގައި މަޖިލީހުގެ ރައީސް އަސްލަމް ވަނީ ރިޔާސަތަށް ވަޑައިގެންފައެވެ. ނަަމަވެސް ސަރުކާރަށް ނިސްްބަތްވާ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދީފައެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭތޯ ރައީސް އަސްލަމް މަސައްކަތް ކުރައްވަނީ

ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމަން މަޖިލީސް ޖަލްސާ މިރޭ 8:00 ގައި ފެށުމަށް ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރަސް އަޅައިފި އެވެ.

އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުން ގުޅިގެން ހުށައެޅި ހުށައެޅުމަކާއި ގުޅިގެން ދައުރުން ބޭރުން މިއަދު ޖަލްސާ އެއް ބޭއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނޭހެން މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

މަޖިލީހުގެ ޖަލްސާ 9:00 އިން 10:30 އަށް ކުރިއަށް ގެންދިއުމަށް ފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި އަލުން ފެށުމަށެވެ. އެއީ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތް ނިންމާށެވެ. ކަނޑައަޅާފައި އޮތީ ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކީން ވޯޓަށް އަހާށެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް ނެރުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ޖަލްސާ ފެށުމަށް ފުރުސަތު ނުދީފައެވެ. އެކަމާއި ގުޅިގެން މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގާ މާރާމާރީއަކަށް ވެސް ބަދަލުވި އެވެ. ބައެއް މެންބަރުންނަށް އަނިޔާވެސް ވި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭތޯ ރައީސް އަސްލަމް މަސައްކަތް ކުރައްވަނީ

ޖަލްސާ ފެށުމަށް 8:00 ގައި މަޖިލީހުގެ ރައީސް އަސްލަމް ވަނީ ރިޔާސަތަށް ވަޑައިގެންފައެވެ. ނަަމަވެސް ސަރުކާރަށް ނިސްްބަތްވާ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދީފައެވެ.

އެކަމުގައި އިސްކޮށް ތިއްބެވީ ދާދި ފަހުން އެމްޑީޕީ ދޫކޮށް ކޮންގްރެސްއާ ގުޅުނު މެންބަރުންނެވެ. އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުންނެވީ ރިޔާސަތު ކައިރީ ދުންމާރި ހިފައިގެންނެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ރާޝިދާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި އައްޑޫ ފޭދޫ މެންބަރު މުހައްމަދު ނިހާދު ވެސް ރިޔާސަތު ކައިރީ އިހުތިޖާޖު ގައި ހުންނެވި އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އަސްލަމް މިހާރު ވަނީ ރިޔާސަތު ގޮނޑިކޮޅުން ތެދުވެވަޑައިގެންފައެވެ. އެއާއެކު މީޑިއާތަކަށް ދޫކުރަމުން އައި ފީޑް ވެސް ވަނީ ކަނޑާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.